އަމިއްލަ ދަނޑުގައި ރޭ ވެސްްޓްހޭމްގެ މައްޗަަށް 2-1 އިން ކުރި ހޯދައި އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ޗެލްސީ އަލުން ޖެހިލައިފިއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވެސްޓްހޭމުންނެވެ. މިލަނޑު ފުރަތަމަ ހާފް ނިމެން ދަނިކޮށް ކާމިޔާބު ކޮށްދިނީ ޖެރޮޑް ބޮވެންއެވެ. ޗެލްސީން އެއްވަރު ކުރީ 64 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯގެ ލަނޑުންނެވެ. ލީޑް ލިބުނީ 74 ވަނަ މިނެޓުގައި ވެސްޓްހޭމުގެ ޑިފެންޑަރު ވެން ބިސައްކާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
މިމެޗުން މޮޅުވުމުން ތާވަލުގެ ހަތަރުވަނައަށް ޗެލްސީ ކުރިއަށް ޖެހިލީ 43 ޕޮއިންޓާއެކުއެވެ. ދެ ޕޮއިންޓް ފަހަތުން 5 ވަނައިގައި އޮތީ ޗެމްޕިއަން މެންޗެސްޓަރ ސިޓީއެވެ. މިސީޒަނުގައި ދަށް ނަތީޖާތަކެއް ލިބެމުން އަންނަ ވެސްޓްހޭމް ތާވަލުގެ 15 ވަނައިގައި އޮތީ 27 ޕޮއިންޓާއެކުއެވެ. އެންމެފަހުން އެޓީމު ކުޅުނު 6 މެޗުގެ ތެރެއިންް މޮޅުވެވިފައި ވަނީ އެންމެ މެޗަކުންނެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ކުރީގައި 56 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް އިތުރަށް އެއްމެޗް ކުޅެފައިވާ އާސެނަލް ދެވަނައިގައި އޮތީ 50 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 47 ޕޮއިންޓާއެކު އޮތީ މިސީޒަނުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ނޮޓިންހަމް ފޮރެސްޓެވެ.