ފަލަސްތީނުގެ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލައި ހުސް ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިންޓަނޭޝަަނަލް ޑިވެލޮޕްމަންޓް އެއްނިލީސް ޑޮޑްސް ވިދާޅުވެއްޖެއެވެ.
ޑޮޑްސް ވިދާޅުވީ ޣައްޒާއިން ފަަލަސްތީނުގެ ރައްޔިތުން އެހެންތަނަކަށް ގަދަބާރުން ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތަކާ އިނގިރޭސިވިލާތް ދެކޮޅު ހަދާނެކަމަށެވެ.
ޑޮޑްސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޣައްޒާއިން ފަަލަސްތީނުގެ ރައްޔިތުން ބާލަން ޖެހޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އިއްޔެ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. ޓްރަންޕް ވިދާޅުވެފައި ވަނީ ޣައްޒާގެ ރައްޔިތުން މިސްރަށް ނުވަތަ އުރުދުންއަށް ގެންދަންޖެހޭ ކަމަށެވެ. މިސްރާއި އުރުދުންއިން ވަނީ މިކަމަށް އިންކާރުކޮށްފައެވެ. އަދި އިސްލާމީ ހުރިހާ ގައުމުކުންނާއި އދ. އާއި އީޔޫއިން ވެސް ވަނީ ޓްރަންޕުގެ މި ވާހަކަފުކީ ބަލައިގަނެވޭނެ ވާހަކަފުޅެއް ނޫންކަން ހާމަކޮށްފައެވެ.