ޔުކްރެއިނަށް ހުޅަނގުގެ ޤައުމުތަކުން ސިފައިން ފޮނުވުމަކީ ހަނގުރާމަ އިއުލާން ކުރުމެއް ކަމަށް ޕެރިހުގައި ހުންނަވާ ރަޝިޔާ ސަފީރު ވިދާޅުވެއެވެ.

ފްރާންސްގައި ހުންނަވާ ރަޝިޔާގެ ސަފީރު އެލެކްސީ މެޝްކޯވް ވިދާޅުވީ، ޔޫކްރޭންގައި ޔޫރަޕްގެ ސިފައިން ހަރަކާތްތެރިވުމަކީ ހަގީގީ މާނައިގައި ހަނގުރާމަ އިއުލާން ކުރުމެއް ކަމަށެވެ.

"އަޅުގަނޑުމެން މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނަން. އެއީކުޑަ ކމެއް ނޫން،" ފްރާންސާއި އިނގިރޭސިވިލާތުން ޔޫކްރޭނަށް ސިފައިން ފޮނުވައި ޔޫރަޕްގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލުމަށް ރާވަމުންދާ ރޭވުންތަކަށް ރައްދު ދެއްވަމުން ސަފީރު ވިދާޅުވިއެވެ.

ރަޝިޔާގެ މީޑިއާއާ ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ޔޫރަޕުން އެފަދަ ގޮތަކަށް ކަންކޮށްފައި އޭގެ ނަތީޖާއާ ކުރިމަތި ނުލައި ތިބެވިދާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ ޚާކިވްގައި ހުންނަ ނޭޝަނަލް ގާޑް އެކަޑަމީއަށް އަމާޒުކޮށް، މިއަދު ކާމިޔާބު ހަމަލައެއް ދީފައެވެ. އެހަމަލާގައި ޔޫކްރޭންގެ ސިފައިންގެ އިސް އޮފިސަރުންނާއި ނޭޓޯއިން ޔުކްރެއިންއަށް ފޮނުވާފައި ތިބި މަންދޫބުން މަރާލެވުނުކަމަށް ރަޝިޔާއިން އިއުލާން ކުރިއެވެ.