އިނގިރޭސި ކަރަބާއޯ ކަޕް ސެމީފައިނަލުގެ ދެވަނަ ލެގުގައި ޓޮޓެންހަމް 0-4 އިން ބަލިކޮށް ލިވަޕޫލް ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

އެންފީލްޑުގައި ސެމީގެ ދެވަނަ ލެގަށް ނުކުތްއިރު، 1-0 އިން ފުރަތަމަ ލެގް ކާމިޔާބު ކޮށްފައި އޮތީ ޓޮޓެންހަމްއެވެ. ލިވަޕޫލުން އެގްރިގޭޓުގެ ނަތީޖާ ހަމަހަމަ ކުރީ 34 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯގެ ލަނޑުންނެވެ. ލިވަޕޫލުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން 51 ވަނަ މިނެޓުގައި މުހައްމަދު ސަލާހެވެ. ލީޑް އިތުރަށް ފުޅާކޮށްދިނީ މިޑްފީލްޑަރު ޑޮމިނިކް ސޮބްސްލައި އާއި ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ.

ސެމީފައިނަލުން ބަލިވުމުން، ތައްޓެއް ކާމިޔާބު ކުރުމަށް ޓޮޓެންހަމް ކުރަމުން އަންނަ މަސައްކަތަށް އަނެއްކާވެސް އިތުރު އިންތިޒާރެއް ކުރަން ވަނީ ޖެހިފައެވެ.

ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނިކުންނާނީ އިއްޔެ ރޭ އާސެނަލްގެ މައްޗަށް ކުރި ހޯދި ނިއުކާސަލް ޔުނައިޓެޑެވެ.