ނާޒީންވެސް ޔަހޫދުންނަށް ނުހަދާ ގޮތަށް ޔަހޫދުންނާއި އެމެރިކާއިން ފަލަސްޠީނު މީހުންނާ މެދު ކަންކުރަން ދިމާ ކުރުމުން ޖަރުމަން ޗާންސެލަރ ވެސް ހައިރާންވެ ވަޑައިގެންފިއެވެ.

ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒް ވަނީ ފަލަސްތީނު މީހުންގެ ނަސްލު ޣައްޒާއިން ސާފުކޮށް "މެދުއިރުމަތީގެ ރިވޭރާ" އަކަށް ޣައްޒާ ބަދަލު ކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ޒަޔަނިސްޓު ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ސިފަކުރައްވާފަ އެވެ.

ޖަރުމަން ޓީވީ ސްޓޭޝަންތަކުން ބުނީ، ޣައްޒާގެ ސަރަހައްދުގައި ޒަޔަނިސްޓު ނާޒީ ޔަހޫދުން ކަންކޮށްފައިވާ ފަނާކުރަނިވި ގޮތްތަކަށް ބަލާއިރު، ޣައްޒާ "މެދުއިރުމަތީގެ ރިވޭރާ"އަށް ބަދަލު ކުރުމުގެ ވާހަކައަކީ މީހުންގެ މެދުގައި ރުޅި އަންނާނެ ފަދަ ވާހަކައެއް ކަމަށެވެ.

ޔަހޫދުން ރޭލުތަކުގައި ނާޒީން އޮސްވިޗަށާއި އެހެން ކޮންސެންޓްރޭޝަން ކެމްޕްތަކަށް ފޮނުވި ވާހަކައަކީ ހަގީގަތެކެވެ. ނަމަވެސް ނާޒީން ޔަހޫދުން ފޮނުވާލައި އެމީހުންގެ ގެތައް ތަޅާލައި އެމީހުން ދިރިއުޅު މަގުތައް ކޮނެ އެތަންތަނަކީ އިންސާނުންނަށް އާބާދު ނުވެވޭ ފަދަ ތަންތަނަށް ހަދާފައެއް ނުވެއެވެ.

ޒަޔަނިސްޓު ޓެރަރިސްޓު ޔަހޫދުން ފެނިގެން ދިޔައީ ނުލަފާ ކަމާއި ލާއިންސާނީ ކަންކަމުގައި ނާޒީންނަށް ވުރެން އަރާތިބި ބަޔެއްގެ ގޮތުގައެވެ. ނެޓްސާރީމް ރޮނގުން ފައިބައިގެން ދިޔައީ އަތު ޖެހުނު އެއްޗެއް އަންދާލާފައެވެ. އެމީހުން ދިޔަ ފަހުން އެތަނުން ޔަހޫދުން ޝަހީދުކޮށްލި ފަލަސްޠީނު މީހުންގެ ގުނަވަންތައް ފެނިފައި ވެއެވެ.

ޖަރުމަން ޗާންސެލަރ ވިދާޅުވީ ޓްރަމްޕްގެ ރިވޭރާގެ ވާހަކައަކީ ބޮޑު އަޚުލާޤީ ފަޟީހަތެއް ކަމަށެވެ.

ޖަރުމަކީ ނަސްލު ނައްތާލާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ޔަހޫދު ޒަޔނިސްޓުންނަށް ހަތިޔާރު ދިން ޤައުމެއްވެސް މެއެވެ.

ޙަމާސް އިން ބުނެފައި ވަނީ، ބިން ގަނެ ވިއްކާ މީހެއްގެ ކޮށި ވިސްނުމުން ޓްރަމްޕް ވިސްނިއަސް، ޣައްޒާގެ ބިމަކީ ނީލަމުގައި އޮތް ބިމެއް ނޫން ކަމަށެވެ.