އީރާނުން އެމެރިކާއަށް ކުރުނީސް ނުކުރާނެ ކަމަށް ވިދާޅުވަމުން އެންމެ ހަރުކަށި އިބާރާތުން އެމެރިކާއަށް ހަމަލަތަކެއް އަމާޒު ކުރައްވައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން 1979 ވަނަ އަހަރުގެ އިންގިލާބުގެ އަހަރީ ދުވަސް މިއަދު ފާހަގަކުރައްވައިފިއެވެ.

އީރާނުގެ އިންގިލާބަށް އަހަރު ފުރުން ފާހަގަ ކުރުމަށް ތެހެރާންގައި ބޭއްވި ރައްޔިތުންގެ ޙަފްލާގައި ވާހަކަ ދައްކަވަމުން ޕަޒަކްޝިޔާން ވިދާޅުވީ، އެމެރިކާ ބޭނުން ވަނީ އީރާނަކީ ބަލިކަށި ގައުމެއް ކަމަށް ދައްކައިގެން ހަމަލައެއް ދޭން ކަމަށެވެ.

"އެކަމަކު އެމެރިކާގެ ހުވަފެންތައް ވަޅުލެވިގެން ދާނެ... އީރާނުގެ ރޫހާނީ ލީޑަރުގެ ލީޑަޝިޕާއި އީރާނުގެ ރައްޔިތުން މައިދާނުގައި ތިބުމުގެ ސާބިތުވެ ސަބަބުން މި ވަހުމުތައް ވެއްޔާ މޮޑެވިގެންދާނެ." ޕެޒެޝްކިއަން ވިދާޅުވި އެވެ.

އަދި އީރާންގެ "ދުޝްމަނުން" "އީރާންގެ ސައިންސްވެރިން ދެނެގަނެ އެފަރާތްތައް އަވަހާރަކޮށްލަން" މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޓްރަމްޕް ގެންގުޅޭ އެހެންވެސް ޚިޔާލީ ފޮލާތަކެކޭ އެއްފަދައިން އޭނާ ވަނީ އީރާނުގެ ތެޔޮ އެކސްޕޯޓު ކުރުން ސުމަކަށް ދަށްކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ޓްރަމޕް ބޭނުން ވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދިޔަ ނުދިނުމަށެވެ. މިހިނދު ޒަޔަނިސްޓު ނާޒީ ޔަހޫދުން ވަނީ އެމެރިކާގެ ޓެކްނޮލޮޖީ ވަގަށް ނަގައިގެން ނިއުކްލިއަރ ހަތިޔާރު އުފައްދާފައެވެ. އެކަމަށް އެމެރިކާގެ ފަރުވާލެއް ނެތެވެ.

ޕަޒަކްޝިއަން ވިދާޅުވީ އީރާނަކީ ސުލްހައަށް މަސައްކަތް ކުރާ ސަރަހައްދީ ބާރެއް ކަމަށެވެ.

މެދުއިރުމަތީގެ ސުލްހަމަސަލަސްކަން ގެއްލިފައި ވަނީ، ސަރަހައްދީ ކެންސަރަކަށް ވެފައިވާ އިރުމަތީ ޔޫރަޕުންނާއި ހުޅަނގުން ގެނަސް އިންދާފައިވާ ޒަޔަނިސްޓު ނުލަފާ ޔަހޫދުންގެ ސަބަބުންނެވެ.

ޕަޒަކްޝިއާން ވިދާޅުވީ އީރާންގެ ރައްޔިތުންގެ މެދުގައި ބައިބައި ވުން އުފެއްދުމަށް އެމެރިކާއާއި ޒަޔަނިސްޓު ދުޝްމަނުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ތެހެރާނުގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ އީރާނާއި އީރާންގެ ރަހުމަތްތެރިން ދެމެދު އަދާވާތްތެރިކަމެއް އުފެއްދުމަށް ކުރި މަސައްކަތެއް ކަމަށްވެސް ޕެޒެޝްކިއަން ދެކެވަޑައިގަތެވެ.