ޕެރިހުގައި ކުރިއަށްދާ މަބް މަހާސިންތާގައި ގައުމުތަކުން އެއްތަންވެ، މަބްއާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކެއް ކަނޑައެޅުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ގޮވާލައްވައިފިއެވެ.

ޕެރިހުގައި ކުރިއަށްދާ އޭއައި އެކްޝަން ސަމިޓަކީ، މި ސިލްލާގެ 3 ވަނަ ސަމިޓެވެ. މި ސަމިޓުގެ ކޯޗެއާއަކީ، ޕްރާންސްގެ މެކްރޮން ރައީސާއެކު އިންޑިއާގެ މޮދީއެވެ.

ދުނިޔެ އޮތީ "އޭއައިއަށް އަލި ވިލުމުގެ ފަތިހެއްގައި" ގައި ކަމަށް މޯދީ ވިދާޅުވިއެވެ. އަދި އީޖާދީ ވިސްނުމަކުން ވިސްނުމަށާއި ގަވާއިދުތައް ހަމަހަމަ ކުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އޭނާ ގޮވާލެއްވީ އޮޕަން ސޯސް އޭއައި ސިސްޓަމްތަކާއި، އެތިކަލް ޑޭޓާ ބޭނުންކުރުމާއި، ދުނިޔޭގެ ދެކުނުގެ ބިތުގެ ޤައުމުތަކަށް މަބްއަށް، ހަމަހަމަ ގޮތެއްގައި އެކްސެސް ދިނުމަށެވެ.

"އޭއައި އިން މިހާރުވެސް އަޅުގަނޑުމެންގެ ސިޔާސަތާއި އިގްތިސާދާއި ސަލާމަތާއި މުޖުތަމައު ބައްޓަން ކުރަމުން އެބަދޭ،" މޮދީ ވިދާޅުވި އެވެ. "އަޅުގަނޑުމެން ޔަގީން ކުރަން ޖެހޭނީ އެއީ ދުނިޔޭގެ ހެވަކަށް އަޅުގަނޑުމެން ބޭނުންކުރާ އެއްޗެއްކަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

މަބް ތައާރަފް ވުމާ ގުޅިގެން ވަޒީފާ ގެއްލުމާ ގުޅޭ ކަންބޮޑުވުންތަކަށް ވެސް މޯދީ ވަނީ މި މަހާސިންތާގެ ބައިވެރިންގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި މަބްއިން، މަސައްކަތުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްދޭނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އާއި އޭއައި ޓެލެންޓް ޕޫލް ތަރައްގީ ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށްވެސް މޮދީ އަލިއަޅުވައި ލެއްވިއެވެ.

މަބްއަށް ޚާއްސަކޮށްގެން އެންމެ ފުރަތަމަ ސަމިޓެއް ބޭއްވީ ޔޫކޭގައި ރިޝީ ސުނާކްގެ ވެރިކަމުގައެވެ. އެއަށްފަހު ދެވަނަ ސަމިޓް މިދިޔަ އަހަރު ދެކުނު ކޮރެއާގައި ބޭއްވިއެވެ.

މޮދީމި ސަމިޓްގައި ބައިވެރިވެވަޑައިގަތީ ފްރާންސްގެ މެކްރޮން ރައީސްގެ ދަޢުވަތަކަށެވެ. އެއަށްފަހު މޮދީ ދެން ވަޑައިގަންނަވާނީ ޓްރަމްޕާ ބައްދަލު ކުރައްވަން އެމެރިކާއަށެވެ.