ކުރިއަށް އޮތް ރަމަޟާން މަހަށް ފުދުންތެރިކަން ކުޑަ 300 ޢާއިލާއަށް، ކަދުރު ޙަވާލުކުރުމަށްޓަކައި މަމްސް އެއިޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަދީލްއެވެ. އަދި މަމްސް އެއިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ފާތިމަތު ޒައިން ޒަރީރުއެވެ.
މި އާޢިލާތަކަށް ބެހުމަށް ހަމަޖެހިފައިވަނީ މިކަމަށްޓަކައި ރާއްޖޭން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ވުޒާރާއާއި ހަވާލުކޮށްފައިވާ ކަދުރެވެ.
މި މަސައްކަތް ހަވާލުކުރެވުނު މަމްސް އެއިޑް ޖަމްޢިއްޔާއަކީ ފުދުންތެރިކަން ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ޖަމްޢިއްޔާއެކެވެ.