އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކޯޓަރޒްގައި، ފޭދޫ ސްކޫލުގެ ކެޑޭޓުންނަށް ވަންޑޭ ކެޑޭޓް ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕުގައި ދަރިވަރުންނަށް ކިޔައިދެވުނު ބައިތަކުގެ ތެރޭގައި ފުޓް ޑްރިލް، އަންއާރމްޑް ކޮމްބެޓް، ފަޔަރ ފައިޓިންގ، ފަސްޓް އެއިޑް އަދި ފީލްޑް ކްރަފްޓުގެ ކްލާސްތައް ހިމެނެއެވެ.

މީގެ އިތުރުން ކެޑޭޓުންނަށް ވާދަވެރި އޮބްޓިކަލް ކޯސްއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕު ތައްޔާރުކޮށް އެންމެހާ ކަންކަން އިންތިޒާމު ކުރުމުގައި އިސްދައުރެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، މެރިން ޑިޕްލޯއިމެންޓް ޔުނިޓް 5 އިން އަދާކޮށްފައިވާ އިރު، މި ކޭމްޕު ކުރިއަށް ގެންދިއުމުގައި ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މި ކެޑޭޓް ކޭމްޕުގައި އެ ސްކޫލުގެ 95 ކެޑޭޓުން ބައިވެރިވިއެވެ.