އދ. މާމިގިލީ މަގުހެދުމުގެ މަޝްރުޢުގެދަށުން، މިހާރުކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ޖަވާހިރު މަގުގައި ސްޓޯރމް ވޯޓަރ ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަސައްކަތުގެ އިތުރުން ރަށްދެބައިމަގުގައި ދުވާރުގެ މަސައްކަތްވެސް ވަރަށް ބާރަށް ދަނީ ކުރަމުންނެވެ. މިއީ މާމިގިލީގެ ރައްޔިތުން އެކަމަކަށްޓަކައި އިންތިޒާރުކުރަމުންގެންދާ މަޝްރުއެކެވެ.
ރާއްޖޭގެ ރަށްތަކުގެ މަގުތަށް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތަކީ، އާރު.ޑީ.ސީ އިން ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުން ގެންދާ މަސައްކަތްތަކެކެވެ.