އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަފިލުވައި ތަރައްޤީ ކުރުމަށް އާރު.ޑީ.ސީ އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް އެފަރާތާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ދިވެހި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި، އާރު.ޑީ.ސީގެ އިސްވެރިންނާއި، ސަގާފަތާބެހޭ ވުޒާރާގެ ވެރިންވެސް ބައިވެރިވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.