އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މޮރިޝަސްގެ ބޮޑުވަޒީރު ނަވިންޗަންދްރާ ރަމްގޫލަމް ވަނީ ދެގައުމުގެ އަމިއްލަ ފައިސާއިން ދެ ގައުމުގެ ދެމެދު ވިޔަފާރި މުއާމަލާތްތައް ހިންގުމަށް އެއްބަސްވެ ވަޑައިގެންފައެވެ.
މިއީ އިންޑިއާގެ ރިޒާވް ބޭންކާއި ބޭންކް އޮފް މޮރިޝަސް އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅިގެން ދެ ލީޑަރުން ރުހުން ދެއްވި ކަމެކެވެ.
ލީޑަރުންގެ ފަރާތްޕުޅުން މިކަން އިއުލާން ކުރެއްވީ، މޮރީޝަސްއަށް މޮދީ ކުރެއްވި ދތުރުފުޅު ނިއްމަވާލެއްވުމާއެކުގައެވެ. އޭގެ އިތުރުން ދެ ގައުމުން ވަނީ ޑަބަލް ޓެކްސޭޝަން އެވޮއިޑެންސް އެގްރީމަންޓަކަށް ދިއުމަށްޓަކައި، ވަރަށް އަވަހަށް އެއްބަސްވުމެގެ މަސައްކަތް ނިންމުމަށްވެސް އެއްބަސްވެ ވަޑައިގެންފައެވެ.
އިންޑިއާގެ އަމާޒަކީ، މޮރިޝަސްއަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރަގީވުމަށް އެހީތެރިވުމާއި، ކަނޑުގެ އިގްތިސާދާއި ބޭސްވެރިކަމާއި އައިޓީއާއި ފިންޓެކް ފަދަ އާ ދާއިރާތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރާށެވެ.
އިންޑިއާއިން ވަނީ، އިންޑިއާ ރުޕީސްގެ ކްރެޑިޓް ލައިނެއް ބޭނުންކޮށްގެން މޮރިޝަސްގެ 100 ކިލޯމީޓަރުގެ މީރު ފެން ހޮޅިތައް ބަދަލުކޮށްދިނުމަށްވެސް ނިންމާފައެވެ.
އިންޑިއާއިން ބުނެފައި ވަނީ، މޮރިޝަސް އިން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާކޮށް އާ ތަރައްގީގެ މަޝްރޫއުތައް އިންޑިއާއިން ކުރިއަށް ގެންދާނެ ކަމަށެވެ.
މޯދީގެ ދަތުރުފުޅު ނިންމަވާލައްވަމުން، ރަމްގޫލަމް އަށް އިންޑިއާއަށް ވަޑައިގަތުމަށް ވެސް ދައުވަތު ދެއްވިއެވެ.