އެމެރިކާއިން ވާގިވެރިގެން ނާޒީ ޒަޔަނިސްޓުން ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކުގައި އަންހެނުންގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ރާވައިގެން ހަމަލަތައް ދީފައިވާ ކަމަށާއި ފަލަސްޠީނުގެ މީހުގެ ނަސްލު އާލާ ވިޔަ ނުދިނުމަށް ނިޒާމީ ސިފައެއްގައި ރާވައިގެން ނާޒީ ޒަޔަނިސްޓު ޖޫސް މަސައްކަތްކޮށްފައިޥާ ކަން ސާބިތު ވެއްޖެއެވެ.
ފަލަސްތީނު މީހުންނާ ދެކޮޅަށް "ނަސްލު ނައްތާލުމުގެ ޖަރީމާއެއް" ހިންގުމުގެ މަގްސަދުގައި ނާޒީ ޒަޔަނިސްޓުން އެތައް ކަމެއް ކޮށްފައިޥާ ކަމަށް އދގެ ތަޖުރިބާކާރުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ފާހަގަ ކޮށްފައި ވެއެވެ.
ޖެނީވާގައި އދން ޝާއިއުކޮށްފައިވާ އަލަށް އެކުލަވާލާފައިވާ ރިޕޯޓުގައި ތަޖުރިބާކާރުން ބުނެފައި ވަނީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް ޖިންސީ ގޮތުން އަނިޔާ ކުރުމުގެ އަމަލުތައްވެސް ހިންގާފައިވާ ކަމަށެވެ. އަދި މިއީ ވެރިން ދިން އޯޑަރުތަކާއެއް ގޮތަށް، ހަނގުރާމައިގެ ސްޓްރެޓެޖީއެއްގެ ގޮތުގައި ނާޒީ ޒަޔަނިސްޓު ސިފައިން ބޭނުންކުރި އުކުޅެއް ކަމަށެވެ.
ރިޕޯޓުގައި ބުނެފައި ވަނީ، އިޒްރޭލުންގެ މަސްއޫލު ފަރާތްތަކުން ވަނީ، ޣައްޒާގައި ތިބި ފަލަސްތީނުގެ މީހުންގެ ނަސްލު އާލާވުމުގެ ގާބިލުކަން ނައްތާލުމަށް އަންހެނުންނާއި ފިރިހެނުންގެ ދަރިމައި ވުމަށް ހުރަސް އެޅުމަށް ވެސް ރާވައިގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި މިއީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އުސޫލުތަކާއި ޚިލާފު ނަސްލު ނައްތާލުމުގެ އަމަލެއްކަމަށްވެސް ބުނެފައި ވެއެވެ. އަދި ނަސްލު ނައްތާލުމުގެ މުއާހަދާގައި ހިމެނޭ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ތެރެއިން އެއް ކެޓަގަރީ ކަމަށްވާ ދަރިމައި ވުމަށް ހުރަސްއެޅުމުގެ ކުށަށް މިޖަރީމާ ފެތޭކަމަށްވެސް ބުނެފައި ވެއެވެ.
އެ ރިޕޯޓުގައި ތުހުމަތުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އަޤްޞާޠޫފާނަށް ފަހު، ފަލަސްތީނުގެ ރައްޔިތުންނަށް އަދަބު ދިނުމަށް ނާޒީ ޒަޔަނިސްޓުން އާންމު އުސޫލެއްގެ ގޮތުގައި މަޖުބޫރުކޮށްގެން ފަލަސްޠީނު މީހުންގެ ހެދުން ބާލުވައި ޖިންސީ ގޯނާ ކުރާ ކަމަށެވެ.
މި ރިޕޯޓު އެކުލަވާލާފައި ވަނީ ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގާ ޖަރީމާތައް ބެލުމަށް އދން އެކުލަވާލާފައިވާ މިނިވަން ކޮމިޝަނުންނެވެ.
ރިޕޯޓުގައި އިޒްރޭލަށް ތުހުމަތުކޮށްފައި ވަނީ ފަލަސްޠީނު މީހުން ހައްޔަރު ކުރާއިރު ގަދަކަމުން އެމީހުން އޮރިޔާންކުރުމަށް މަޖުބޫރު ކުރާ ކަމަށާއި އަދި ނިޒާމީ ސިފައެއްގައި ސިފައިންގެ އޮޕަރޭޝަންގެ ބައެއްގެ ގޮތުގައި ޖިންސީ އަނިޔާތައްވެސް ކުރާ ކަމަށެވެ.
އިޒްރޭލަކީ އެމެރިކާއިން ހަތިޔާރާއި އެހީތެރިކަން ދީގެން ހަނގުރާމައިގެ ޖަރީމާތައް ހިންގައި ގައްޒާއިން 61707 މީހުން ޝަހީދުކޮށްލި ނާޒީ ޒަޔަނިސްޓު ނިޒާމެވެ.