ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ކަސްޓަމްސް) އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަނޑުމަގުން އެތެރެކުރަން އުަޅުނު މަސްތުވާތަކެތީގެ ތިން ބާވަތެއް އަތުލައިގެންފަައިވާ ކަމަށާއި މި ތަކެތީގެ މަގުމަތީ އަގަކީ 6.7 މިލިއަން ރުފިޔާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 2138 ގުރާމު މެތަމްފެޓަމިން އާއި، 1086 ގުރާމު ކެޓަމިން އާއި، 310 ގުރާމު ހެރޮއިން އެވެ.

މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަނެފައިވާ މިތަކެތީގެ އިތުރު މައުލޫމާތެއް ކަސްޓަމުން ހިއްސާ ކޮށްފައެއް ނުވެއެވެ.