ކުރިއަށް އޮތް 10 އަހަރު ދެކުނު އޭޝިޔާގެ ގައުމުތަކަށް ވަރަށް ބޮޑަށް ހޫނުގަދަވާނެ ކަމަށް "ޖިއޯ ފިޒިކަލް ރިސާރޗް ލެޓަރ" މަޖައްލާއިން ބުނެފިއެވެ.
އެ މަޖައްލާގައި ބުނެފައިވަނީ މި ހޫނުގެ ސަބަބުން މީހުން މަރުވާނެ ކަމަށެވެ. މިގޮތުން މިހާރު މި ގައުމުތަކަށް ވާ ހުންނަށްވުރެ 3 ގުނަ އިތުރަށް ހޫނު ވާނެކަމަށް އޭގައި ބުނެފައިވެއެވެ.
މި ދިރަސާ ދައްކާ ގޮތުން ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއެސް ގައި ހިފެހެއްޓުނަސް، އިންޑިއާ ހިމެނޭ ގޮތުން ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ހޫނުވާ މިންވަރު އިތުރުވާނެއެވެ.
މީގެ އިތުރަށް އެމެރިކާގެ އޯކްރައިޖް ނެޝެނަލް ލެބޯޓްރީ އިން ހާމަ ކޮށްފާއި ވެއެވެ. "ޖައްވުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން އިތުރުވުމުން އަންހެނުނުންނަށް ވިހެމުގެ ތެރޭގައި ނުރައްކާތެރި މައްސަލަ ތަކާ ކުރިމަތި ލާން ޖެހޭނެއެވެ."
މިގޮތުން ހޫނުމިން މަތިވެ މިފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހޭނެ ސަރަޙައްދުތައް ކަމަށް މި ދިރާސާ ތަކުގައި ވަނީ އިންޑިއާގެ ވެސްޓް ބެންގާލް އާއި އުއްތުރަޕްރަދޭޝް ގެ އިތުރުން އާބާދީ ތޮއްޖެހި، އިމާރާތްތަކުން ފުރިފައިވާ ކަލްކަތާއާއި މުންބާއީ އެވެ.
މި ހޫނުމިން ތަހައްމަލު ކުރުމަށް "ފްރޭމް ވާކް" އެއް ބޭނުންވާ ކަމަށް އިންޑިއާގެ ޗެންނާއީގެ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ (އެޓްމޮސްފެއަރ) ސައިންޓިސްޓެއް ކަމަށްވާ ޓީވީ ލަކްޝަމީ ކުމާރު ހާމަކުރައްވާފައި ވެއެވެ.
ދިރާސާވެރިން ހާމަ ކުރައްވާ ގޮތުގައި ކުރިއަށް އޮތް ދުވަސް ތަކުގައި ދެކުނު އޭޝިޔާގެ ގައުމުތަކަށް ހޫނުމިން އިތުރުވިޔަސް މިކަމުން ރައްކާތެރި ވެވެން އޮތީ ހޫނުމިން ދައްކުރެވުނު މިންވަރަކުންނެވެ. އަދި ތިމާވެއްޓަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތަކަށް ހޭނުމަކީ މިހާރުން މިހާރަށް ކުރަންވެފައިވާ ކަމެކެވެ. އެ ނޫން ގޮތެއް ނެތެވެ.