ޗައިނާއިން ގަދަކަމުން ވެކްސިން ޖަހަމުން ދަނީ
ޗައިނާއިން ނިންމާފައި ވަނީ، ޖޫން މަހާ ހަމައަށް 560 މިލިއަން މީހުންނަށް ވެކްސިން ޖެހުމުގެ އަމާޒަށް ވާސިލު ވާށެވެ. މިއާއެކު ޗައިނާގެ ބައެއް ސަރަހައްދުތަކާއި ސިޓީތަކުގައި ގަދަކަމުން މީހުންގެ ގަޔަށް ވެކްސިން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޗައިނާއިން ވެކްސިން ދިނުމުގައި އަމާޒު ކޮށްފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ހިރާސް ބޮޑު ސަރަހައްދުތައް ކަމަށްވާ، ބަނދަރު މަތީ ސަރަހައްދުތަކާއި ބޮޑެތި ސިޓީތަކާއި ބޭރުން އައިސް މީހުން ވަންނަ ސަރަހައްދުތަކަށެވެ. ދެވަނައަށް އަމާޒުކޮށްފައި ވަނީ ސަރުކާރު މުވައްޒަފުންނާއި ސިއްހީ ދާއިރާއާއި ކިޔަވައިދޭ ތަންތަނާއި ސުޕަރމާކެޓްތަކާއި މުދާ އުފުލުމުގެ ދާއިރާއަށެވެ.
ޗައިނާގައި އެއް ދުވަހެއްގެ މަތިން ދޮޅު ލައްކައަށް ވުރެން ގިނައިން ވެކްސިން ޖަހާ ކަމަށް މީޑިއާ ރިޕޯޓް ކުރެއެވެ. އެހެން ހުރިހައި ކަމެއްގައިވެސް ހެން ވާދަވެރިކަމާއެކު ޗައިނާއިން ދައްކަން ބޭނުން ވަނީ ދުނިޔޭގައި އެއް ދުވަހަކުން އެންމެ ވެކްސިން ޖެހުމުޖގެ ރެކޯޑަކީވެސް އެ ގައުމުތަކަށް ދެއްކުމެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ގަދަކަމުން ވެކްސިން ދިނުމުގެ މައްސަލަތައް ބައެއް ސަރަހައްދުތަކުން ފެން މަތިވުމާ ގުޅިގެން އެކަން ވަގުތުން ހުއްޓުމަށް އަންގާފައެވެ. އަދި މީހުންގެ ރުހުމުގައި ނޫނީ ވެކްސިން ނުޖެހުމަށް އަންގާފައެވެ.
ޗައިނާ މީޑިއާއިން ބުނިގޮތުގައި ބޭރުގެ ނޫސްތަކުން ވަނީ މިނަށް ވުރެން ބޮޑަށް މިވާހަކަ ބޮޑުކޯށްގެން ޗައިނާއަށް ހުތުރު އެރުވުމަށް މިވާހަކަ ރިޕޯޓް ކޮށްފައެވެ.
އާބާދީގެ އެންމެންގެ ރައްކަލަކަށްޓަޖައި ޗައިނާއިން އަމާޒު ހިފާފައިވަނީ 900 މިލިއަންއާއި އެއް ބިލިއަނެއްހާ މީޙުންނަށް ވެކްސިން ޖެހުމގެ އަމާޒަށް ވާސިލުވާށެވެ.
ޗައިނާގެ ސައިނޯވެކް ވެކްސިންގެ ބާރާ މެދު ލެޓިން އެމެރިކާގެ ގައުމުތަކުން ވަނީ ސުއާލު އުފައްދާފައެވެ. ޑަބްލިއު އެޗްއޯއިން ޗައިނާގެ އެއްވެސް ވެކްސިންއަކަށް ހުއްދަ ދީފައެއް ނުވެއެވެ. އަދި ޗައިނާ އިން އެކްސްޕޯޓް ކުރާ ދެވެކްސިންގެ ތިން ވަނަ މަރުކަލާގެ ޓެސްޓްތަކުގެ ނަތީޖާވެސް ދުނިޔެއާ ހިއްސާކޮށްފައެއް ނުވެއެވެ.