ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ މަތިންދާ ބޯޓް އުފުލާ މަނަވަރު ހަރަކާތްތެރިވާން ފަށައިފިއެވެ. މީގެ ކުރިން ޗައިނާގެ ކަނޑުގެ ސިފައިން ތަމްރީންތައް ބާއްވާފައި ވަނީ ޓައިވާންގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައެވެ.
އެމެރިކާއިން ވަނީ ޓައިވާނާއި ކައިރި ސަރަހައްދާއި ދެކުނު ޗައިނާ ކަނޑުގައި މަތިންދާބޯޓް އުފުލާ މަނަވަރުގެ ދެ ގްރޫޕެއް ރުކުރުވާލާފައެވެ.
ޗައިނާއިން މަތިން ދާބޯޓް އުފުލާ ދެ މަނަވަރު ގެންގުޅެއެވެ. އެކަމަކު ފުރިހަމައަށް ތައްޔާރު ކުރެވިފައިވަނީ އެންމެ މަނަވަރެކެވެ. ދެ ވަނަ މަނަވަރު ޚިދުމަތަށް ނެރެފައިވީނަމަވެސް އަދިވެސް ދަނީ އިތުރަށް ތައްޔާރުކޮށް އޭގެ ކުލަދާނަކަން އިތުރު ކުރަމުންނެވެ.
އެމެރިކާގެ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ދުއްވާލި ފަހުން އިއްޔެ ޗައިނާގެ މަނަވަރު ލިއާއޮނިންގ ވަނީ އޮކިނާވާ ކައިރިން ދަތުރުކޮށްފައެވެ.
އެމެރިކާއިން ވަނީ ޓައިވާނާ އެކު އިތުރަށް މިނިވަންކަމާއެކު މަޝްވަރާތައް ކޮށް ގުޅުން ބަދަހިކުރުމަށް އިތުރަށް ހުޅުވާލާފައެވެ. އަދި ހަމަ އެއާއެކު ޗައިނާއިން ދަނީ ޓައިވާނަށް ނުރައްކާ ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ބާއްވާފައިވާ ތަމްރީން ތަކަށް ފަހު ޗައިނާއިން ބުނެފައިވަނީ ޗައިނާ ބޭނުން ނަމަ އެމެރިކާ ސިފައިންނަށް ޓައިވާނަށް އެހީތެރިވެ ނުދެވޭ ގޮތަށް ޓައިވާން ކަނޑު އޮޅި ބަންދުކޮށް ހިސާރު ކުރެވިދާނެ ކަމަށެވެ.
ނަމަވެސް ތައިވާން ކަނޑު އޮޅީގައި އެއްވެސް ހަނގުރާމައިގެ އަމަލެއް ފެށިއްޖެނަމަ، ބޯހާއި ކަނޑާއި، އިރުމަތީ ޗައިނާ ކަނޑާއި ދެކުނު ޗައިނާ ކަނޑުން އެމެރިކާއިން ޗައިނާއަށް ނުރަައްކާ ކުރެވިދާނެ އެވެ. ޗައިނާގެ ސިފައިން ބުނާ ގޮތުން އެމީހުން ބާއްވާފައިވާ ތަމްރީން ތަކާއެކު ސިފައިންގެ ހުރިހައި ގޮތްޕެއްގެ ބައިވުމާއެކު އެމެރިކާ ސިފައިންނާ ކުރިމަތި ލުމަކީ އެއްވެސް ދަތިކަމަކަށް ނުވާނެ ކަމަށެވެ.
ޗައިނާ އިން ވަނީ މަތިންދާބޯޓު އުފުލާ މަނަވަރު ގޮއްވާލާޒާތުގެ މިސައިލް ޓެސްޓްކޮށްފައެވެ.