ޗައިނާގެ ގްލޯބަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާގެ ސައިނޯވެކް ވެކްސިންގެ ކާމިޔާބީ 50.7 އިންސައްތައިގައި ހުރިނަމަވެސް ބްރަޒިލްގައި އާލާވެފައިވާ ކޮވިޑް19ގެ ނުލަފާ ވައްތަރަށް ބޭނުން ކުރުމުން ކާމިޔާބުވާ މިންވަރު ބާވަންނަ އިންސައްތައަށް އަރައެވެ. އަދި މިހާރު އާންމުކޮށް ދެ ވެކްސިން ދޭތެރޭގައި އޮންނަ ސާދަ ދުވަހަށް ވުރެން މުއްދަތު ދިގުކޮށް 21 ދުވަސް ތެރޭ ޖެހުންވެސް ރަނގަޅު ކަމަށް މިނޫހުން ރިޕޯޓް ކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ހުއްދަ ދީފައި ނުވާ މި ވކްސިންގެ ކާމިޔާބު މިންވަރު ދަށްކަމުން ގިނަ ބަޔަކަށް ވެކްސިން ޖެހުމަށްފަހު ބްރަޒިލުން ވަނީ އެކަން އާންމުކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނަސްފައެވެ.

ގްލޯބަލްލ ޓައިމްސްގައި ބުނެފައިވާ 50.7 އިން ސައްތައަކީ ޚުދު ޗައިނާއިން ކުރިން ރިޕޯޓްކޮށްފައިވާ އަދަދާ ޚިލާފް އަދަދެކެވެ.

ޗައިނާ ސައިނޯވެކް ވެކްސިންގެ ކާމިޔާބީ ދަށްކަމަށް ޗައިނާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލްގެ ރައީސްވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އިހަށްދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޗައިނާއިން ދަނީ ވެކްސިންގެ ބާރު ގަދަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދިސާރާ ކުރަމުންނެވެ.

ޗައިނާ ވެކްސިން އެންމެ ކުރީގައި އޮވެގެން މިދިޔަ ޑިސެމްބަރުން ފެށިގެން ބޭނުން ކުރަން ފެށި ޗިލީގައިވެސް ކޮވިޑް19 ވަނީ ކޮންޓްރޯލުން ނައްޓާފައެވެ.