ހއ.ހޯރަފުށީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޮޓްލިންގ ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ ހުރިހާކަމެއް ކޮށްދޭނެ ބަޔަކު ހޯދުމަށް ފެނަކައިން އިޢުލާން ކޮށްފިއެވެ. އެކުންފުނީގެ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ހުުޅުވާފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަމަށެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ހާސް ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅަން ވާނެ ކަމަށް ފެނަަކައިކް ބުނެފައިވެއެވެ.

ބިޑް ސެކިއުރިޓީ ވާންވާނީ:

- އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)

- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 28 ދުވަސް އިތުރުވާންވާނެ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 112 ދުވަސް ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

"މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުތަކާއި އެއްގޮތަށެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އިން، އަދި އީމެއިލްގެ ޒަރިއްޔާއިން 22 އޭޕްރިލް 2021 އިން ފެށިގެން 02 ޖޫން 2021 ނިޔަލަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ލިބިވަޑައިގަންނަވާނެއެވެ." ފެނަކައިގެ އިއުލާނުގައި ވެއެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު މެންދުރު 12:00 ގައެވެ. މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީޚެއް ކަމަށް ފެނަކައިން ބުނެފައިވަނީ މެއިމަހުުގެ 12 ވަނަ ދުވަހު މެންދުރުު 1:00 އެވެ. އެކަން ކުރާނީ އީމޭލް މެދުވެރިކޮށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޖޫން 29 ވަނަ ދުވަހު ހެނދުނު 10:00 ގައެވެ.

"އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގައި 9 ޖޫން 2021 ވަނަ ދުވަހުގެ 10:00 ޖަހާއިރުއެވެ. އަދި އިލެކްޓްރޯނިކް އަންދާސީ ހިސާބުތަކާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ."

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 9 ޖޫން 2021 ވާ ބުދަދުވަހުގެ 10:00ގައި އެ ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގައި އަނދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައެވެ. މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށް 12 މެއި 2021 ގެ 13:00 ގެ ކުރިން އީމޭލް ކުރުމަށް ފެނަކައިން ވަނީ ބުނެފައެވެ.