ހެޔޮ ގޮތަކަށް ލޯން ލިބޭނަމަ އަދި ދެފުށް ފެންނަ ގޮތަކަށް އެ ލޯންތައް މެނޭޖް ކުރާނަމ، ލޯން ނެގުމަކީ ތަރައްގީއަށް ޓަކައި މައްސަލައެއް ހެއްޔެވެ؟ އިއްޔެ މަޖިލީސްގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ދެއްކެވި ވާހަކަ އިން ސާފު ވެގެން ދިޔައީ މި ސަރުކަރުން ނަގަފައިވާ ލޯންތަކާއިމި ލޯންތައް ބޭނުން ކުރުމުގައި ގެންގުޅޭ ހަމަތަކާ ބެހޭ ގޮތުންނެވެ.
އިންޑިއާއިން ނަގާފައިވާ ދަރަނީގެ މަޢްލޫމާތުވެސް އަމީރު މިޖަލްސާގައި ދެއްވިއެވެ. މިއީ ނިކަން ސާފުކޮށް މިގޮތަށް ނަގާފައިވާ ދަރަނި ދެފުށް ފެންނަ ގޮތަށް ހާމަ ކުރެވުނު ފަހަރުކަން ފާހަގަ ކުރެވެއެވެ.
އަމީރު ދެއްވި މަޢްލޫމާތުން އެނގުނީ މިސަރުކާރުން 25 ބިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއިން ނަގާފައިވާ ކަމެވެ. މިކަމުގެ ތަފްސީލު ދެއްވަމުން އޭނާ ހަމާ ކުރެއްވީ،
އެއީ ލައިން އޮފް ކްރެޑިޓްގެ 800 މިލިއަން ޑޮލަރާއި، ބަޖެޓް ސަޕޯޓްގެ 200 މިލިއަން ޑޮލަރާއި، ކަރަންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރާއި، އެސްބީއައި އަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑްގެ ފައިސާއެވެ.
ކިޔާލަން: ލޯން އެހީގެ ގޮތުގައި 500 މިލިއަން ޑޮލަރު
އަމީރު މަޖިލީހުގައި ދެއްވި މަޢްލޫމާތުން ދޭހަވަނީ، އިންޑިއާއިން ލޯން ނަގފައިވީ ނަމަވެސް މި ލޯންތައް ބޭނުންކުރުމައި މެނޭޖްކުރުމުގައި ސަރުކާރުން އުސޫލުތަކެއް ކަނޑައަޅައިގެން އެކަން މެނޭޖް ކުރަމުންދާ ކަމެކެވެ.
އެގޮތުން ލައިން އޮފް ކްރެޑިޓްގެ ދަށުން 2018ގައި ނެގި 800 މިލިަން ޑޮލަރުގެ ލޯންގެ ދަށުން ކުރާ ކަންތައްތަކުގެ ޕްރޮޕޯސަލް ހެދި، އިންޑިއާގައި އެކަންކަމަށް ޓެންޑަރ ކުރެވި، އަދި އެ ބީލަންތައް ރާއްޖޭގެ ޓެންޑަރ ބޯޑުން ވަޒަން ކުރެވޭ ކަމަށް ވެސް މިނިސްޓަރ މަޢްލޫމާތު ދެއްވިއެވެ.
މިދިޔަ ސަރުކާރުން ލޯން ނެގުމުގައި ހަދާފައިވާ ގޯސްތަކުގެ ވާހަކަވެސް އޭނާ ހިއްސާ ކުރެއްވިއެވެ. އޭނަ ފާހަގަ ކުރެއްވި ގޮތުގައި ބައެއް މަޝްރޫއުތައްވެސް ހިންގާފައިވަނީ ބޮޑު އަގުގައެވެ.
އަމީރު ވިދާޅުވިގޮތުގައި ބައެއް މަޝްރޫއުތަކަކީ ފީޒިބަލް މަޝްރޫއުތަކަކަށް ނުވެފައި އެއިން އާމްދަނީއެއް ނުލިބުމައި އެއަށް ދައްކަން ޖެހޭ ފައިސާ ދައުލަތުން ދައްކަން ޖެހުމަކީ ބުރަ ބޮޑުވާ ކަމެކެވެ.
ބައެއް ނޭދެވޭ މާލީ މުއާމަލާތަށް އަލިއަޅުވާލައްވަމުން އަމީރު މިސާލެއްގެ ގޮތުގައި ދެއްކެވީ، 2017ގައި ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑްގެ މުއާމަލާތަށެވެ. މިއީ ހަތް ޕަސެންޓްގައި ފަސް އަހަރުގެ މުއްދަތަށް ވިއްކާފައިވާ ބޮންޑެއްކަމުގައި ވިދާޅުވިއެވެ.
މި މުއާމަލާތާއި އަމީރު އަޅުއްވައި ކިޔުއްވީ، ކޮވިޑްގެ ތެރޭގައި އެސްބިއައި އަށް ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ބޮންޑާއެވެ. މިއީ 10 އަހަރުގެ މުއްދަތަށް 3.5 އިން ސައްތާގައި ވިއްކާފައިވާ ބޮންޑެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.