ބިހުރޯޒް މިސްކިތުގައި ބޮމެއް އޮތް ފޮއްޓެއް ހުރި ކަމަށް ބުނެ ލިބުނު މައުލޫމާތާ ގުޅިގެން ދިވެހިސިފައިންނާއި ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށްފިއެވެ. އެތަނުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

“ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް، ވަނީ ކްލިއަރކޮށްފައެވެ. އަދި މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ. މިސްކިތު ގޯތިތެރެއަށް އެ ދަބަސް ގެންދިޔައީ ކާކު ކީއްކުރަން ކަމެއްވެސް އެނގިފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ދިވެހި ސިފައިން ގެންދަނީ ހަތިޔާރާއެކު މާލެތެރެ ބަލަހައްޓަމުންނެވެ.