އިނގިރޭސިވިލާތުގެ ހަސްފަތާލަކަށް ވައްދާ އަންހެނުން ރޭޕް ކުރާ މައްސަލައެއް ބޭޒާރު ވެއްޖެއެވެ. މި ކަން ބޭޒާރުވީ، ބްލެކްޕޫލް ވިކްޓޯރިއާ ހަސްފަތާލަށް ހިތުގެ މައްސަލައެއްގައި ވެއްދި އުމުރުން 75 އަހަރުގެ ވެލެރީ ނީލް ގޮނޑިއަކުން ވެއްޓި ފައި ބިންދައިގެން ގޮސް އަދި އޭގެ ފަހުން މަރުވުމާ ގުޅިގެން ހެދި އޮޓޮޕްސީންނެވެ. އޭނާގެ ރަހިމަށް އަނިޔާތަކެއް ލިބިފައި ހުރި ކަމަށާއި އަދި އެކަމުގެ ސަބަބުން އެތެރޭން ލޭމަނާ ނުވެގެން އޭނާ މަރުވީ ކަމަށެވެ. އޮޓޮޕްސީ ރިޕޯޓް ބުނާ ގޮތުން އޭނާ މަރުވީ އަސްލު ހަސްފަތާލަށް ވެއްދި މައްސަލައަކުންނެއް ނޫނެވެ. ނަމަވެސް ހަސްފަތާލުގަައި އޮތްވައި، ޖިންސީ ގޯނާގެ ސަބަބުންނެވެ.

16 ނޮވެމްބަރު 2016ގެ މި ޖަރީމާ ބަލަމުން ދަނިކޮށް އަނެއްކާވެސް ބޭޒާރުވީ، އެ ހަސްފަތާލުގައި އެހެން ދެމީހަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

އިންޑިޕެންޑެންޓް ނޫހުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ހަސްފަތާލުގެ މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މީހާއަށް ތުހުމަތު ކުރެވެނީ މީހަކު މަރާލުމާއި ދެ އަންހެނަކު ރޭޕް ކުރުމާއި އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައެވެ. ނަމަވެސް އޭނާ ވަނީ މިހާރު ބެއިލްއަށް ދޫކޮށްލާފައެވެ.