ރަޑޮވާން ކަރަޑްޒިޗް، އިނގިރޭސިވިލާތުގެ ޖަލަކަށް ބަދަލު ކުރުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
ރަހުމު ކުޑަ ގޮތަކަށް މުސްލިމުންގެ ނަސްލު ނައްތާލުމަށް ބޮސްނިއާ ހަރުޒޮގްވީނާގައި ހަނގުރާމަ ކުރި ކަރަޒްޑިޗް މަޝްހޫރުވެފައި ވަނީ ބޯލްކަންގެ ޖައްލާދުގެ ނަމުންނެވެ.
ހަނގުރާމައަށްފަހު، ފިލައިގެން އުޅެނިކޮށް 30 އަހަރު ފަހުން އޭނާ ހައްޔަރުކޮށް އިންޓަރނޭޝަނަލް ޓްރައިބިއުނަލްއަށް ހުށަހެޅުމުން އޭނާ ވަނީ 40 އަހަރަށް ޖަލަށްލާފައި ބެހެއްޓުމަށް ޙުކުމް ކޮށްފައެވެ. ފަހުން މިހުކުމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.
ބޮސްނިޔާގެ ހަނގުރާމައާއި، 44 މަސް ވަންދެން ސަރިއޭވޯ ހިސާރު ކުރުމުގެ އިތުރުން ސްރެބްނިޓްޒާގައި އަންހެނުންނާއި ކުޑަ ކުދިންނާއި ފިރިހެނުން މަރައި މުސްލިމުންގެ ނަސްލު ނައްތާލުމަށް އޭނާ ހަނގުރާމަ ކުރިކަމަށް އޭނާގެ މައްޗަށް ސާބިތުވެފައި ވެއެވެ.
ނަފްސާނީ އިލްމުގެ ރޮނގުން މަތީ ތަޢްލީމް ހާސިލުކޮށްފައިވާ، ކަރަޒްޑިޗް (75އަހަރު)ގެ މައްޗަށް ސްރެބްރެނިޓްޒާގައި އަށްހާސް މުސްލިމުން ނައްތާލިކަމަށް ސާބިތުވެފައި ވެއެވެ.
2008ގައި އޭނާގެ މައްޗަށް ޙުކުމް ކުރިފަހުން ދަ ހޭގްގައި އޭނާ ވަނީ ޖަލު ހުކުމް ތަންފީޒު ކޮށްފައެވެ.
ހަނގުރާމައަށް ފަހު ކަރަޑްޒިޗް ދިރިއުޅުނީ އާދައިގެ މީހެއްގެ ގޮތުގައި ސިފަ ބަދަލުކޮށްގެން އެކަންޏެވެ. އޭނާ ހޯދައި ގަތީ، އިނގިރޭސިންގެ މަސައްކަތުންނވެ.