ޗައިނާއިން ބުނާ ގޮތުގައި ގެއްލިގެން އުޅުނު ތިން ސިންގާ ގެތެރޭން ދޭތި ވަނީ ފެނިފައެވެ. ނަމަވެސް ތިންވަނަ ސޮރު ގެ ހިލަމެއް އަދިވެސް ނުވާ ކަމަށެވެ. ހަންގްޒޫ ސަފާރީ ޕާކުން މި ތިން ޖަނަވާރު ގެއްލުނުކަން އާންމުނގެ ސަމާލުކަމަށް ގެނެސްފައެއް ނުވެއެވެ. ނަމަވެސް މިކަން ސިއްރުކުރިކަމަށްޓަކައި ވަނީ މައާފަށް އެދިފައެވެ.

މިހާރު ރައްޔިތުންނަށް އަންގާފައި ވަނީ ޖަންގަލީ ތެރެއަށާއި ގަސްބޯ ސަރަހައްދު ތަކަށް ނުވަނުމަށެވެ.

ހަންގްޒޫ ސަފާރީ ޕާކުން ބުނާ ގޮތުގައި ގެއްލިގެން އުޅޭ ސޮރުގެ ބޯކޮޅު ބެލުމަށް 1700 މީހުންނާއި 990 ޑްރޯން ދަނީ ބޭނުން ކުރަމުންނެވެ.

މި ސޮރުމެން ޕާކުން ފިލީ އެޕްރީލް 19 ގައެވެ.

ފުލހުން ވަނީ ޕާކްގެ ވެރިމީހާއާއި އިތުރު ހަތަރު މުވައްޒަފަހު ހައްޔަރުކޮށްފައެވެ.