އެޑޮލްފް ހިޓްލަރުގެ ޒާތީ ހަމާތުގެ މައްޗަށް އަމިއްލައަށް ކިޔެފައިވާ ފޮތް ހިބްރޫ ބަހަށް ތަރުޖަމާ ކުރަން ވެއްޖެ ކަމަށް ހާރއާރޓްސް ނޫހުގައި ބުނެފިއެވެ. އިޒްރޭލުގެ ނުފޫޒުގަދަ ނޫހުގައި ލިޔެފައިވާ ކޮމެންޓްރީއެއްގައި ބުނެފައި ވަނީ މި ފޮތަކީ 20 ވަނަ ގަރުނުގެ އެންމެ ނުފޫޒުގަދަ ފޮތްތަކުން ފޮތެއް ކަމަށެވެ. ނަމަވެސް އިޒްރޭލްގައި މިފޮތް މަނާ ކޮށްފައިވާތީ ހިބްރޫ ބަހަށް ތަރުޖަމާ ކޮށްފައި ނުވާ ކަމަށެވެ.

މި ކޮމެންޓްރީ ލިޔުނު އޫދެދް ހެއިލްބްރޮނަރ ބުނެފައިވާ ގޮތުން ހޮލޮކޯސްޓާއި ޔަހޫދީންނާ މެދު ނަސްލީ ތަފާތު ކުރުމާ ބެހޭ ގޮތުން ހިޓްލަރު މި ފޮތުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.