ކޮންމެ ދުވަހަކީވެސް އަދި ފައިބައިގެންދާ ކޮންމެ ހިނދު ކޮޅަކީވެސް ޚާއްސަ ވަގުތުކޮޅެކެވެ. އެ ވަގުތެއް ނަ އަންނާނެއެވެ.

އިންސާނުންނާ އެމީހުންގެ އާދަޔާ ޚިލާފް ކަމަކީ ތަފާތު ވެފައި އެއްގޮތް ނުވުމެވެ. މި ކައުނުގައި އިންސާނުން ދިރިއުޅޭ ބިން މިފަދަ އެވެ.

2020 ވަނަ އަހަރުގެ 10 ވަނަ މަހުގެ 10 ދުވަހަށް މަރުހަބާއެވެ.

މި ތާރީޚް ޖަހާއިރު މި ފެންނަ ސުން ތަކާ މެދު ވިސްނާލާށެވެ. ބޯދާ ޒަމާނުގައި އެންމެ ފުރަތަމަ އިންސާނުން އަދަދު ޖަހަން ފެށިއިރު ސުމެއްގެ ބަދަލުގައި ބޭނުން ކުރީ ހުސް ޖާގައެކެވެ. އެ ހުސް ޖާގަ ފުރުމަށް މީލާދީން ހަތް ވަނަ ގަރުނުގައި އިންޑިއާގައި ބްރަހަގުޕްތާ ބޭނުން ކުރީ ތިއްކެކެވެ. މި ތިއްކަށް އެމީހުން ކިޔަން ފެށީ "ސުންޏަ"އެވެ.

އެއަށްފަހު އެއަށް ސިފައަކާއި ދަރަޖައެއް ދިނީ މިހާރު މި ބޭނުންކުރާ އަދަދުތައް ޖަހަން ފަރިތަކޮށް ދިން މުހައްމަދު އިބްނު މޫސާ އަލްޚަވާރިޒަމީއެވެ.

މުޙައްމަދު އިބްނު މޫސާ އަލްޚަވާރިޒަމީ

އަރަބިން އަންދަލުސް ހިފައިގެން އުޅުނު ދުވަސްވަރު އެތާގައި އެކައުންޓްސްގެ މަސައްކަތް ބެލެހެއްޓީ ދީނުގެ ގޮތުން މުސްލިމުންގެ ދެބޭންގެ ދެދަރި، ޔަހޫދީ ކުދިންނެވެ. މިކުދިންނަށް ބައެއް ފަހަރަށް އޮޅިގެން ތިމާގެ ކުދިންނަށް ފައިސާ ލިބެންވާ ތަނެއްގައި، ސަތޭކަ އޮންނަ ތަނަކަށް އޮޅިގެން ތިއްކެއް އިތުކޮށް ލެވެއެވެ.

މި ޙަޟާރާ ޔޫރަޕަށް ފެތުރިގެން ދިޔަ ހިނދު މިމައްސަލަ ބޮޑުވެގެން މިއަށް ހައްލެއް ހޯދައިދިނީ އިޓަލީވިލާތުގެ ހިސާބު އިލްމުވެރިޔާ ލެއޮނާޑޯ ފިބޮނާޝީއެވެ.

އޭނާ ހުށަހެޅީ، ސުމަކަށް ޖަހާ ނުގުތާގެ ވަށައިގެން ބޮޅެއް އެޅުމެވެ. އޭރުން ޔަގީނުންވެސް ނޯޅޭނެތާއެވެ! އަދި ގަލަން ތިއްކަކަށްވެސް ނުވާނެ ތާއެވެ!

ފަހުން އަހަރަމެންނާ ހަމައަށް އައި އިރު، ނުގުތާ އުވި ގޮސް އޭގެ ވަށައިގެން ހުރި ބޮޅު ސުމަކަށް ބަދަލުވީއެވެ.

ނިކަން ބާއްޖަވެރި ދުވަހަށް އެދެން!