އިޒްރޭލުގެ ސިޓީތަކުގައި މީހުން ހޭލި މޭލިވެ އުޅެން ޖެހި، ރައްކާތެރި ފިޔަވަޅު އެޅުމަށް ސައިރަން އަޅައި، އެމްބިއުލޭންސްގެ ސައިރެންގެ އަޑު އިވި، މީހުން ހަޅޭއްލަވާ އަޑު އިވުމުން، އެއީ ޔަހޫދީ ދައުލަތަށް ގުޑުވާލާނެ އަޑުތަކެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލަތަކުން މިހާތަނަށް އަދި ހަމަ ފެންނަނީ ހަމާސް އިން ކުރި ހޯދަމުންދާ ތަނެވެ. ގިނަ މީހުން މަރުވީ ފަލަސްތީނުންނެވެ. ބޮޑެތި މާއްދީ ގެއްލުމާ ކުރިމަތިލާން ޖެހުނީވެސް ފަލަސްތީނު މީހުންނަށެވެ.

މިއީ އެމީހުންގެ ކޮންމެ ދުވަހެއްގެ އާމު ހާލަތެވެ. އިޒްރޭލު ސިފައިން ނުވަތަ ގަދަބާރުން ވަޒަންވެރިވެގެން ފަލަސްތީނު ބިންތައް ހިފައިގެން އުޅޭ ޔަހޫދީންގެ ފުށުން ކޮންމެ ދުވަހަކުވެސް ފަލަސްތީނު މީހުން މިކަންތައްތައް ތަހައްމަލު ކުރަމުން ދެއެވެ.

އިޒްރޭލުން އަދިވެސް ދަނީ ފަލސްތީނުގެ އަމާޒުފަތްގަނޑުތަކަށް މިރޭވެސް ހަމަލަ ދެމުންނެވެ.

އިޒްރޭލަކަށް ހަމާސްގެ ރޮކެޓްތައް ހުއްޓުވައެއް ނުލެވުނެވެ. 14 އަހަރު ވަންދެން އިޒްރޭލުން ޣައްޒާ ހިސާރު ކޮށްފައިވާ އިރު، ހަމާސް އިން ދަނީ ކުރިން ފޮނުވާ ރޮކެޓްތަކަކށް ވުރެން ވަރުގަދަ އަމާޒަށް ވާސިލުވާ ބިޔަ ރޮކެޓްތައް އިޒްރޭލުގެ ސިޓީތަކަށް ފޮނުވަމުންނެވެ. ޓެލްއަވީވް ސިޓީއާއި އަސްގަލާން އައްލައްދުއާއި ސިދްރޫންއާއި ޔާފާއާއި ޙައިފާއަށްވެސް ހަމަލަތައް އަމާޒުކޮށްފައި ވެއެވެ.

އިޒްރޭލުގެ އައްލުއްދު ސިޓީގެ ބޭރުގައި ހަމާސް ރޮކެޓް ހަމަލާއަކުން އިޒްރޭލް ލޮރިއެއް ގޮއްވާލާފައި

ޣައްޒާއަށް އިޒްރޭލުން އެއްފަހަރާ 150 ބޯޓު ފޮނުވައިގެން ބޮން އަޅާފައި ވެއެވެ.

ޣައްޒާއަކީ، ދިގު މިނުގައި 40 ކިލޯމީޓަރު ހުންނަ ފުޅާ މިނުގައި ބައެއް ތަންތާނގައި 15 ކިލޯމީޓަރު އަނެއް ބައި ހިސާބުތަކުގައި ފަަސް ކިލޯ މީޓަރު ހުންނަ ވަރުގެ ކުޑަކުޑަ ބިން ކޮޅެކެވެ.

150 ބޯޓުން ހަމަލަ ދިނުމުންވެސް އިޒްރޭލަަށް ހަމާސް މައިތިރި ނުކުރެވުމުން، ހަނގުރާމައިގައި މޮޅު ލިބެނީ ކޮންބަޔަކަށް ކަން ސާފުވެއެވެ.

މި ހަމަނުޖެހުން ކުރިމަތި ވެފައިވަނީ ފަލަސްތީނު އިންތިޚާބް ލަށްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއިން ސާފުކޮށް އެނގޭ އެއްޗަކީ ފަލަސްތީނު މީހުން ރައްކާތެރިކޮށްދޭ، އެމީހުގެ ދިފާއުގައި ހަނގުރާމަ ކުރާނެ ބަޔަކީ ހަމާސް ކަމަށެވެ. އަދި ގުދުސްގެ މުޤައްދަސް ބިންތައް ހިމާޔަތް ކޮށްދެވޭނީވެސް ހަމާސަށް ކަމެވެ.

އިޒްރޭލުން ވަނީ ފަލަސްތީނު މީހުން ބިރު ގަންނަވަން އެމީހުންގެ ފޯނަށް މެސެޖްވެސް ފޮނުވަމުންނެވެ. ފަލަސްތީނު މީހުންގ ެރައްދަކީ ބިރެއް ނުގަންނަ ކަމަށެވެ.

ފަލަސްތީނުގެ އިންތިޚާބް ބާއްވާއިރު ހާމާސް ކާމިޔާބު ކުރުމާ ގާތެވެ. އެއިރުން އިޒްރޭލާއި އެމެރިކާއަށް ސުލްހައިގެ ވާހަކަތަކުގައި އިށީންނަން ޖެހޭނީ އެމީހުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކުރި މީހުންނާއެވެ.