ސައޫދީ އަރަބިއްޔާގައި މަދީނާ އަށް ދިއުމަށް މަގު ދައްކާ ބޯޑްތަކުގައި މުސްލިމުންނާއި ޣެއިރު މުސްލިމުންނާ ފާޅުގައި ތަފާތު ނުކުރުމަށްޓަކައި މިހާރު ބޯޑްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން ހަރުކޮށްފައި ހުރި ބޯޑްތަކުގައި ލިޔެފައި ވަނީ މުސްލިމުންނަށް އެކަނި މިހެންނެވެ. ނަމަވެސް މިހާރު އެ އިބާރާތްތައް ބަދަލުކޮށްފައި ވަނީ ޙަރަމްފުޅަށް ދާ މަގު މިފަދައިންނެވެ.

ކޮންޒަރވެޓިވް ކިންގްޑަމްގައި މިހާރު އާލާވަމުން އަންނަ ލިބެރަލް އޮއިވަރުގައި، މި ގެނަސްފައިވާ ބަދަލަށް މީސްމީޑިއާގައި މީހުން ވަނީ ތަޢްރީފް ކޮށްފައެވެ.