ކަޝްމީރުގައި އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިހަ ކިލޯގެ ގޮވާ ތަކެތި މިއަދު އަތުލައިގެންފިއެވެ. ފުލުހުން ބުނި ގޮތުގައި ޕުލްވާމާ ސަރަހައްދުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ޖެއިޝޭ މުހައްމަދުގެ ފަރާތުން ތަންތަން ގޮއްވާލަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެންނެވެ.،

މި ތަކެތި ހޯދައި ގަނެވުނީ، ހައްޔަރު ކުރެވުނު މީހުންނާ ސުއާލު ކުރުމުން އެމީހުން ދިން މަޢްލޫމާތުގެ އަލީގައެވެ.

ފުލުހުން ބުނެފައި ވަނީ މިހާ ގިނަ އަދަދެއްގެ ގޮވާ ތަކެތި ހޯދައި ގަތުމުން ބޮޑު ހަމަލާއެއް ނުވަތަ ހަމަލާތަކެއް ސަލާމަތް ކުރެވުނީ އެވެ.