ރަޝިޔާގައި އުފައްދާފައިވާ ސުޕްޓްނިކް ވެކްސިންގެ ދެވަނަ ޝިޕްމެންޓް މިއަދު ހައިދަރްއާބާދަށް ގޮސްފިއެވެ. މިއީ އިންޑިއާގައި ބޭނުން ކުރާ ބޭރުގައުމެއްގައި އުފައްދާފައިވާ ފުރަތަމަ ވެކްސިން އެވެ.

އިންޑިއާއަށް ސުޕްޓިކްގެ ފުރަތަމަ ޝިޕްމެންޓް ފޮނުވާފައި ވަނީ 1 މެއި ގައެވެ.

ރަޝިޔާއިން ވަނީ އިންޑިއާގައި ސުޕްޓްނިކް ގެ ވެކްސިން ދޭން ފަށާފައިވާތީ އެކަމަށް އުފާ ފާޅުކޮށްފައެވެ.

އިންޑިއާއަކީ، ސުޕްޓްނިކް ވެކްސިން އެތައް މަރުކަޒެއްގައި އުފެއްދުމަށް ނިންމާފައިވާ ގައުމެކެވެ. ރަޝިޔާގެ އެމްބަސީން ބުނާ ގޮތުން 850 މިލިއަން ވެކްސިން އަހަރެއްގެ މައްޗަށް އިންޑިއާއިން އުފައްދާނެ ކަމަށެވެ.

ކުރިއަށް އޮތް ތާނގައި ސުޕްޓިކްގެ އެއް ޑޯޒްއިން ބޭނުން ކުރާ ގޮތަށް އުފައްދާފައިވާ އައު ވަރޝަން، ވެސް އިންޑިއާއަށް ފޮނުވާނެ ކަމަށް ރަޝިޔާއިން ބުނެއެވެ.