އދގެ ސަލާމަތީ މަޖިލީހުގައި އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުން ބަހުސް ނުކުރެވިގެން އުޅެނީ އެމެރިކާއާ ހެދި ކަމަށް ބުނެ ޗައިނާއިން އެމެރިކާއަށް ފަޑު ކިޔައިފިއެވެ. ޗައިނާ އަކީ މި ދައުރުގެ ސަލާމަތީ މަޖިލީހުގެ ރިއާސަތު ބަލަހައްޓާ ގައުމެވެ.
އާދީއްތަ ދުވަހު، ސަލާމަތީ މަޖިލީހުގެ ބައްދަލުން އޮންނަ އިރު ހުރހައި މެންބަރުން ވެސް މި މައްސަލާގައި ޚިޔާލު އެއް ގޮތް ކުރުމަށް ޗައިނާގެ ޚާރިޖީ ވަޒިރު ވަނީ ގޮވާލައްވާފައެވެ.
ޝިން ހުއާ ނޫސް އެޖެންސީން ރިޕޯޓް ކުރިގޮތުގައި ޗައިނާއިން އެމެރިކާގެ އަމަލު ކުށްވެރިކޮށްފައި ވަނީ ޗައިނާގެ ޚާރިޖީ ވަޒިރު ޕާކިސްތާންގެ ޚާރިޖީ ވަޒީރަށް ގުޅުއްވައި ވާހަކަ ދެއްކެވުމުގެ ތެރޭގައެވެ.
ވަޒިރު ވެންގ ޔީ ވިދާޅުވިގޮތުގައި ޗައިނާއިން ދެ ބައިމީހުންނަށް ދެ ގައުމެއް އޮތުމަށް ތާއީދު ކުރެއެވެ.