ކެތޮލިކް ފައްޅީގައި ކުޑަކުދިންނަށް ޖިންސީކުރާ މައްސަލަތައް ބެލުމުގެ މަސައްކަތް މުސްލިމަކާ ހަވާލުކޮށްފިއެވެ. ކުޑަ ކުދިންނާ ބެހުމުގެ މައްސަލަތަކެއް ބޭޒާރުވުމުގެ ސަބަބުން ކެތޮލިކް ފައްޅިން މަސައްކަތް ކުރަމުންދަނީ އެކަމުން އަރައިގަނެ، ފާދިރީން ހޭލުންތެރިކޮށް، އެކަމަށް ފައްޅިން ފާރައަށް އޮތުމަށެވެ.

ކެތޮލިކް ފާދިރީންނަށް ޒަވާޖީ ހަޔާތެއް ގައި އުޅުމަކީ ހަރާމް ކަމެކެވެ.

އިނގިރޭސި ވިލާތަށް އުފަން ޕާކިސްތާން ދަރިކޮޅުގެ ކުރީގެ މުސްލިމު ޕްރޮސެކިއުޓަރ ނާޒިރު އަފްޒަލްއަކީ، ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ހޯދައި އެޖަރީމާގައި އުޅޭ ގޭންތައް ޝަރީއަތަށް ހާޒިކުރުމުގައި ކާމިޔާބީ ހޯދާފައިވާ މީހެކެވެ. އޭނާގެ މިމަސައްކަތަށް ވަނީ ތަޢްރީފް ލިބިފައެވެ.

އިނގިރޭސި ކެތޮލިކް ފައްޅީގެ އިސް ރާހިބު، ވިންސެންޓް ނިކޮލަސް ވިދާޅުވީ، ކެތޮލިކް ސޭފްގަރޑިންގ ސްޓޭންޑަރޑްސް އެޖެންސީގެ ރައީސަކަށް އަފްޒަލް ހަމަޖެއްސުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.