ޕާކިސްތާންގައި ކޮވިޑް 19 ފެތުރެމުން ދިއުމާ ގުޅިގެން ބަހުރައިން އިން ޕާކިސްތާނަށް ބޭސްފަރުވާގެ ސާމާނާއި އޮކްސިޖަން ފޮނުވައިފިއެވެ. ކަރާޗީގައި ހުންނަ ޕާކިސްތާންގެ ކޮންސުލް ޖެނެރަލް ވަނީ ޕާކިސްތާނާ މި ތަކެތި ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގންފައެވެ.

ޕާކިސްތާނުން ބަހްރައިންގެ އެހީއާ ޙަވާލުވެ ވަޑައިގަތީ މޭޖަރ ޖެނެރަލް ޒަފަރް އިގްބާލް އެވެ.

މިއީ ދެ ގައުމުގެ ދެމެދުގެ ސްޓްރެޓިޖިކް ޕާރޓްނާޝިޕް ފްރޭމްވަރކްގެ ދަށުން ބަދަލު ކުރެވުނު އެހީއެކެވެ.