ޑްރޯން ބޭނުންކޮށްގެން ކަމިކާޒީ ހަމަލަތައް ދިނުމަކީ 21 ވަނަ ގަރުނުގެ ހަނގުރާމައިގެ އުކުޅެކެވެ. މި ވައްތަރުގެ ހަތިޔާރު އެންމެ ފުރަތަމަ ޗައިނާއަށް ތައާރަފް ކޮށް ދިނީ އިޒްރޭލުންނެވެ. މިހާރު ޗައިނާ އިން ގެންދަނީ އަމިއްލައަށް ކަމިކާޒީ ޑްރޯންގެ ފައުޖެއް އުފައްދަމުންނެވެ.
ކަމިކާޒީ އަކީ ބޮޑު ހަނގުރާމައިގައި އުދުހޭ ބޯޓްގައި ގޮސް، އަމިއްލައަށް މަރުވާން ގޮވާތަކެއްޗާއެކު ވެއްޓިގަންނަ ޖަޕާން ލަޝްކަރުގެ ސަބަބުން މަޝްހޫރުވި އުކުޅެކެވެ.
ޗައިނާ އިން ވަނީ ކަމިކާޒީ ޑްރޯން ގަތުމަށް ޝައުގުވރިކަން ފާޅުކޮށްފައެވެ. ޗައިނާ ސިފައިންގެ ޕްރޮކިއޮމެންޓް ވެބްސައިޓްގައި މީގެ ސްޕެސިފިކޭޝަނެއް ނުވަތަ އަދަދެއް ބަޔާން ކޮށްފައެއް ނުވެއެވެ. މިކަން ވަނީ ސިއްރުކޮށްފައެވެ. ޗައިނާގައި އަމިއްލައަށް ޑްރޯން އުފައްދާ ކުންފުނިތައް އެބަހުއްޓެވެ.
2018 ގައި ޗައިނާގެ އެރޯސްޕޭސް މައުރަޒްގައި ސީއެޗް 901 ދައްކާފައި ވެއެވެ. އެއީ ހަތަރު ފޫޓް ދިގު، 20 ޕައުންޓް ބަރު ޑްރޯންއެކެވެ. މިއީ ގަޑިއަކު 93 މޭލަށް ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު ދެ ގަޑި އިރު ވަންދެން އުދުހިލައި ހުރެވޭނެއެވެ. އަދި 500 ރާތާ ގޮވާތަކެތި އުފުލޭނެއެވެ.
2018 ގައި އެމެރިކާ ސިފައިން ވަނީ އެމީހުންގެ އަމިއްލަ ޑްރޯން ވަރޜަންއަކަށް އޯޑަރުދީފައެވެ. ސުއިޗެބަލް ބްލޭޑް 300 އަކީ ވީޑިއޯއިން ފެނަނަ ގޮތުގައި ނުރައްކާ ހަތިޔާރެކެވެ. ހަ އިންޗީގެ ހޮޅި ބުރިއަކުން ނިކުމެގެން ދަމުން މިސޮރު އޭގެ ތިލަތަކާއި ފިޔަފަނޑު ނިއުޅާލައެވެ. މިއީ ޑްރޯންއެއްގެ އިތުރުން ޑްރޯން މިސައިލެކެވެ.
އެންމެ ފުރަތަމަ ސުއިސައިޑް ޑްރޯން އުފެއްދީ އިޒްރޭލް ކުންފުންޏަކުންނެވެ. އިޒްރޭލުގެ ހާޕީއަކީ ދުޝްނުންގެ ސަރަހައްދާ ފުރުން އުދުއްސާލާ، އަދި މަތީގައި މަޑުކޮށްލައިގެން އޮވެ އަމާޒެއް ހޯދާފަ ގޮއްވާލާ ވައްތަރުގެ ޑްރޯންއެކެވެ. މިއީ އަތުން އުކާލާ ގްރެނޭޑަކަށް ވުރެން ބާރުގަދަ ގޮއްވާލުމެއް ގޮއްވާލާ އުޅަނދެކެވެ. އަދި މީގެ މައިގަނޑު އަމާޒަކީ ސްނައިޕަރުން އަތުލައިގަނެ ގޮއްވާލުމެވެ.
ޗައިނާގެ ތައްޔާރީއަށް އެހެން މިލިޓަރީތަކުން ޖެހިލުން ވާން ޖެހޭނެއެވެ. ޗައިނާއަކީ އެމެރިކާއަށް ފަހު ދެވަނައަށް ހަތިޔާރު އެކްސްޕޯޓް ކުރާ ގައުމެވެ. މެދުއިރުމައްޗާއި އެފްރިކާގައި މސްތަގްބަލުގައި އެމެރިކާ ސިފައިން ކުރިމަތިލާން ޖެހޭނީ ޗައިނާގެ ކަމިކާޒީ ޑްރޯންތަކާއެވެ.