ސައިބާ ހަމަލާތައް މިހާރު އާދައިގެ ކަމަށްވެއްޖެއެވެ. މައްލޫމާތުގެ ރަސްމަގުގައި ހެކަރުން، ދޭ ހަމަލާތަކުން މުހިންމު ޚިދުމަތްދޭ ތަންތަނުގެ މަސައްކަތަށް ހުރަސްއެޅި، ޚިދުމަތަށް ބުރޫ އެރިކަން މިދިޔަ ދުވަސްތަކުގައި ފާހަގަ ވެގެން ދެއެވެ.

ޖަޕާނުގެ ޓޯކިޔޯގައި ގައުމީ ސަލާމަތާ ބެހޭ އިދާރާއިން ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓިއަށް ނިސްބަތް ސިސްޓަމްސް އިންޖިއަރަކު ޖަޕާންގެ އޭރޯސްޕޭސް އެޖެންސީއާ ދެކޮޅަށް ހައިބާ ހަމަލަތަކެއް ދިން ކަމުގެ ތުހުމަތުކޮށް އޭނާއާ ދެކޮޅަށް މައްސަލައެއް ވައްދާފައެވެ. މިމީހާ ވަނީ ޖަޕާންގައި ފޭކް އައިޑީއެއް ހަދައިގެން އުޅުމަށްފަހު ފިލައިގެން ގޮސްފައެވެ. ޖަޕާންގައި މިމީހާ މަސައްކަތް ކޮށްފައިވަނީ 2016އާއި 17ގައެވެ.

ޖަޕާނުން ބުނެފައި ވާ ގޮތުގައި މި ސައިބާ ހަމަލަތަކަކީ، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ޔުނިޓް 61419 އިން ދީފައިވާ ހަމަލަތަކެކެވެ، މިއީ ޗެންޑޫގައި އޮންނަ ޚާއްސަ ޔުނިޓެކެވެ. މި ޔުނިޓްގެ ހަމަލަތައް އަމާޒުވިކަމަށް އޮސްޓްރޭލިއާ ކެނެޑާ އަދި އެމެރިކާއިންވެސް ބުނެފައި ވެއެވެ.

ކުރީ އަހަރެއްގައި ހިނގާފައިވާ ކަމެއް މީގެ ދެދުވަސްކުރިން ޖަޕާނުން އިޢްލާން ކުރުމަކީ އާދަގެ ކަމެއް ނޫނެވެ. މަޢްލޫމާތުގެ ރަސްމަގުގައި ދެވޭ ހަމަލަތަކަކީ، މިހާރު ކޮންމެ ދުވަހެއްގެ އާދައެކެވެ.

މިއަދާއި އިއްޔެ، އަޔަރލެންދްގެ ހަސްފަތާލުތަކަށް މެދުނުކެނޑި ދީފައިވާ ސައިބާ ހަމަލަތަކުން ހަސްފަތާލުތަކުގެ އެޕޮއިންޓްމެންޓް ސިސްޓަމަށް މައްސަލަތައް ދިމާވެފައި ވެއެވެ. އިއްހެ އަޔަރލެންދްގެ ހަސްފަތާލުތަކުގައި އެކްސްރޭ ނެގުމުގެ މަސައްކަތް ހުއްޓުމަކަށް އައެވެ.

މި ހަމަލާތަކުގައި ވަކި ބަޔަކަށް އިނގިލި ދިއްކޮށްފައެއް ނުވެއެވެ.

މި ހަމަލާތަކުގެ ކުރިން އެމެރިކާގެ އެޓްލާންޓިކް އައްސޭރިފަށެގެ ވިއުގަތަކަށް ދިން ސައިބާ ހަމަލާއިން މަތިންދާ ބޯޓަށް އަޅާ ތެލާއި ޕެޓްރޯލް ވިއްކާ މަރުކަޒުތަކާއި އުފުލާ ޕައިޕްލައިންތަކަށް ހުއްޓުމެއް އައެވެ.

ކޮލޯނިއަލް ޕައިޕްލައިންއަށް ދީފައިވާ ސައިބާ އެޓޭކުން މުޅި އެޓްލާންޓިކް އައްސޭރިފަށުގެ ސިޓީތަކުގައި ޕެޓްރޯލް ސްޓޭޝަން ތަކުގެ ބޭރުގައި އުޅަނދުތަކުގެ ސަފުތައް އަތުރާލިއެވެ.

އެމެރިކާއިން ވަނީ މިއީ ރަޝިޔާއިން ހެކަރުންތަކެއް ފިދުޔަ ހޯދުމަށް ދިން ހަމަލައެއްކަމަށް ބުނެފައެވެ. އެމެރިކާ ސަރުކާރުން ފިދުޔަ ދިންކަމަކަށް އެއްބަހެއް ނުވެއެވެ.

މިހާދިސާތަކަކީ އެކި ދިހަމަތިން ދިމާވެފައިވާ ހާދިސާތަކެއް ނޫނެވެ.

ހިނގަމުން މިދާ 2021ގައި އެމެރިކާގައި ހަސްފަތާލުތަކަށާއި ޕލިސް ޑިޕާޓްމަންޓްތަކަށާއި ސަރުކާރުގެ 26 އިދާރާއަކަށް ސައިބާ ހަމަލަ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ކޮންގްރސްގައި ދެޕާޓީން މަސައްކަތް ކުރަމުން ދަނީ ސައިބަރ ހަމަލަތަކުން ގައުމުގެ އިންފްރާސްތްރަކްޗަރ ސަލާމަތް ކުރާނެ ގޮތުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

އައިޓީޕޯޓަލް އިން ހެދި ސާވޭއެއްގައި ޗީފް އިންފޮމޭޝަން ސެކިއުރިޓީ އޮފިސަރުން ބުނާ ގޮތުން އަދިވެސް އެމީހުން ސައިބާ ހަމަލަތަކަށް ތައްޔާރެއް ނޫނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެވޭ ހަމަލަތައް ވަރުގަދަވެފައި ގެއްލުން ބޮޑުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.