ސްރީލަންކާ ސަރުކާރު ވެބްސައިޓްތަކަށް ސައިބާ ހަމަލަތަކެއް މިއަދު އަމާޒު ކުރަމުންދާ ކަމަށް އެގައުމުން ބުނެއެވެ. ދަ ސްރީލަންކާ ކޮމްޕިއުތަރ އިމަރޖެންސީ ރެޑީނެސް ޓީމް އިން ބުނާ ގޮތުގައި، ހެލްތު މިނިސްޓްރީ ވެބްސައިޓާއި ކޮލޮމްބޯގައި ހުންނަ ޗައިނާ އެމްބަސީ ވެބްސައިޓާއި އެނަރޖީ މިނިސްޓްރީއާއި ބައެއް ޔުނިވަރސިޓީތަކުގެ ވެބްސައިޓަށް ސައިބާ ހަމަލާތައް އަމާޒުކޮށްފައި ވެއެވެ.
މިހާތަނަށް ރެސްޓޯރ ކުރެވިފައި ވަނީ ދެވެބްސައިޓެކެވެ. ޓީމް އިން ބުނިގޮތުގައި އެއްވެސް ޑޭޓާއެއް ވަގަށް ނެގިފައެއް ނުވެއެވެ.