ޕާކިސްތާންގެ ޕްރައިވެޓް އެއަރލައިނަކުން ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ގޮވައިގެން ދަތުރުކުރުމުން އެ އަރލައިން ދަތުރުކުރި ސެކްޓަރގެ ހުއްދަ ސިވިލްއެވިއޭޝަނުން ކެންސަލް ކޮށްފިއެވެ.

ޕާކިސްތާން ސިވިލް އެވިއޭޝަން އޮތޯރިޓީން އިޢްލާން ކޮށްފައި ވަނީ ދުބާއި / ޝާރްޖާއިން ކޮވިޑް ޕޮޒިޓީވް 27 ކޭސް ގޮވައިގެން ޕޭޝާވަރަށް ދަތުރު ކުރި ޕްރައިވެޓް އެއަރލައިންގެ އެސެކްޓަރ ގެ ހުއްދަ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް އެސްއޯޕީއާ ޚިލާފް ވެއްޖެނަމަ އިތުރު ފިޔަވަޅުތައްވެސް އަޅާނެ ކަމަށެވެ.

މި ޕްރައިވެޓް އެއަރލައިނުން ވަނީ އެތައްއ ފަސިންޖަރެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅައި ކޮރޯނާ ފެތުރުމަށް އެހީތެރިވެ ދީފައި ކަމަށްވެސް ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނިގޮތުގައި މި އެއަރލައިނަކީ، ކުރީގެ ބޮޑު ވަޒީރު ޝާހިދު އައްބާސް ޚާގާންގެ އެއަރ ބްލޫއެވެ.