ސްރީލަންކާ އަހުލީ ހަނގުރާމަ ނިމުނުތާ، މިއަދަކީ 12 އަހަރު ފުރޭ ދުވަހެވެ. ލަންކާ ސިފައިން ވަނީ ޓައިގަރުންގެ ލީޑަރުގެ ޒިކުރާ އައު ކުރަމުން ދިޔަ މީހަކު ބަޓިކައްލޯ އިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނިގޮތުގައި ޓައގަރުންގެ ލީޑަރުންގެ ހަނދާންތައް އައު ކުރުމަކީ މަނާ ކަމެކެވެ.

މީގެ 12 އަހަރު ކުރިން މި ދުވަހު ޖެފްނާގެ މުއްލައިޓިވޫގައި ޓައިގަރުންގެ ލީޑަރު ޕްރަބާކަރަންއާއި އޭނާގެ އަންހެނުންނާއި 12 އަހަރުގެ ދަރިފުޅާއި ދޮރީ ދަރިފުޅު ޗާލްސް އެންތޮނީ ފިލަން އުޅުމުގެ ތޭގައި ސިފައިން ވަނީ ގަޔަށް ބަޑި ޖަހައިގެން މަރާލާފައެވެ.

ފޮޓޯތައް މިލިންކުން ފެންނާނެ

އުމުރުން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ޕްރަބާކަރަންގެ ހަނދާން އައު ކުރުމަށް އެތައް ބަޔަކށް ދައުވަތު ދީގެން އުޅެނިކޮށެވެ.

މިއަދުގެ މުނާސަބާގައި ލަންކާގެ ރައީސް ވަނީ ސިފައިންގެ އިސް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދެއްވާފައެވެ.

ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވިގޮތުގައި ހަނގުރާމައިގެ ފަހު ދުވަސްތަކުގައި ސިފައިން މަސައްކަތް ކޮށްފައި ވަނީ މަދަނީން ޓައިގަރުންގެ އަތްދަށުން މިނިވަން ކުރާށެވެ.