ސްރީލަންކާއިން ކޮޅުނބުގައި ހިއްކައިގެން ހަދާ ކޮލޮމްބޯ ޕޯޓް ސިޓީ ޗައިނާއަށް ދިނުމަށްޓަކައި އެކުލަވާފައިވާ ބިލަކީ ގައުމުގެ ގާނޫނުއަސާސީއާ ފުށުއަރާ އެތައް މާއްދާތަކެއް އޭގައި ހިމެނިފައިވާ ބިލެއްކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ކޯޓުން ބުނފައިވަނީ އެފަދަ ބިލެއް ފާސްކުރުމަށްޓަކައި ޕާލަމެންޓްގެ ޚާއްސަ މެޖޯރިޓީއެއް ބޭނުންވާނެ ކަމަށެވެ. އަދި މައްސަލަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށްވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮލޮމްބޯ ޕޯޓް ސިޓީ މަނީލޯންޑަރިންގ ެމަރުކަޒަކަށް

ފަސް ދުވަސް މަތިން ސުޕްރީމް ކޯޓުން ބާއްވާފައިވާ އަޑުއެހުންތަކަށް ރިއާޔަތް ކޮށް ޕާލަމެންޓަށް ދީފައިވާ ލަފާ، މިއަދު އިޢްލާން ކޮށްފައި ވަނީ ޕާލަމެންޓްގެ ސްޕީކަރެވެ.

މިމައްސަލަ ބެއްލެވި ބެންޗުގެ ރިއާސަތުގައި އިންނެވީ، ޗީފް ޖަސްޓިސް ޖަޔަންތަ ޖަޔަސޫރިޔާއެވެ.

މިމައްސަލާގައި 19 ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދިއެވެ. މި އެންމެންގެ ނުތަނަވަސްކަމަކަށް ވެފައި އޮތީ މިފަދަ ބިލެއް ފާސް ކުރުމުގެ ސަބަބުން ގައުމުގެ ސިޔާސަދު ގެއްލިގެން ހިނގައިދާނެ ތީއެވެ.

މި ބިލް ބުނާ ގޮތުން ޗައިނާއަށް މި ހިއްކި ބިން ދިނުމަށްފަހު ސްރީލަންކާގެ ގާނޫނުތައް މިތާނގައި ނުހިނގާނެއެވެ. އަދި މިތާގައި ސްރީލަންކާގެ ފައިސާވެސް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.

ލަންކާ ޕާލަމެންޓުން ވަނީ މި މައްސަލާގައި ބަހުސް ކުރުމަށް ދެ ދުވަސް ކަނޑައަޅާފައެވެ.