އިންޑިއާގެ ބޮޑުވަޒީރުގެ ޕީއެމް ކެއަރ ފަންޑްގެ ސަބަބުން ކޮވިޑް19އާ ކުރިމަތި ލުމުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ ކަމަށް ބުނެއެވެ. ކޮވިޑް19ގެ ދެވަނަ ރާޅުގެ ކުރިން އިންޑިއާގެ ސަރުކާރު ހަސްފަތާލް ތަކުގައި ހުރީ 16 ހާސް ވެންޓިލޭޓަރެވެ. މިހަރު އަދަދު ވަނީ 60 ހާހަށް އިތުރު ވެފައެވެ. އަމިއްލަ ފަރާތަލކކުން ހަދާފައިވާ ދިރާސާއެއްގައި އަންދާސާ ކޮށްފައި ވަނީ ސަރުކާރާއި އަމިއްލަ ހަސްފަތާލުތައް އެއްކޮށްލައިގެން އިންޑިއާގައި ހުރި ޖުމުލަ ވެންޓިލޭޓަރުގެ އަދަދަކީ، 47500 އެވެ.

ބައެއް ހަސްފަތާލު ތަކުގައި ވެންޓިލޭޓަރުތައް ފުރިހަމައަށް ބޭނުން ނުކުރާތީ ހެލްތު މިނިސްޓްރީން ވަނީ ވެންޓިލޭޓަރުތައް ބޭނުން ކުރުމަށް ބާރުއަޅާފައެވެ.

ޕީއެމް ކެއަރ ފަންޑަކީ އާންމު ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާ ކުރަން ހުޅުވާލި ފަންޑެކެވެ. ޕީއެމް ކެއަރ ފަންޑުން ވަނީ އަލަށް ބަހައްޓާފައިވާ ވެންޓިލޭޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ފަންނީ އެހީތެރިކަން ދޭ ވަޓްސްއެޕް ގްރޫޕެއްވެސް ހަދާފައެވެ.