އިންޑިއާއަށް ދިމާވެފައިވާ ކޮވިޑްގ19ގެ ވަބާއިން އަރައިގަތުމަށް އިންޑިއާއަށް ކޮވިޑްގެ 60 މިލިއަން ޑޯޒް ދިނުމަށް އެދި އެމެރިކާގެ އިންސާނީ ހައްގަށް މަސައްކަތް ކުރައްވާ ޖެސީ ޖެކްސަން ޖޯ ބައިޑަންއަށް ގޮވާލައްވައިފިއެވެ. ޖެކްސަން ވިދާޅުވާ ގޮތުގައި މި ވަބާއިން އަސަރު ކުރަނީ އެންމެ ގައުމަކަށް ނޫނެވެ. މުޅި އިންސާނިއްޔަތަށެވެ. އެހނެވެ އޭނާ ބާރު އަޅުއްވަނީ އެމެރިކާއިން އެސްޓްރާޒެކެނާގެ ވެކްސިން އިންޑިއާއަށް ދިނުމަށެވެ.

އެމެރިކާގެ ވެކްސން އުފައްދާ ކުންފުނިތަކުން އުފައްދާފައިވާ އެސްޓްރާޒެނެކާގެ ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އެމެރިކާގެ ވެއަރހައުސްތަކުގައި ބޭނުން ނުކޮށް ބަހައްޓާފައި ވެއެވެ.

ޔޫއެސް އިންޑިއާ ފްރެންޑްޝިޕް ކައުންސިކުން ވެސް ވަނީ އިންޑިއާއަށް ބޭނުންވާ ބޭސް ދިނުމަށްވެސް އެމެރިކާގައި އެދިފައެވެ.

އެމެރިކާގައި ތިބޭ އިންޑިއާގެ ދަރިކޮޅުގެ ޑޮކްޓަރުންގެ ޖަމުއިއްޔާއިންވެސް ބުނެފައި ވަނީ ދުނިޔެއަށް މިވައިރަސްއާ ކުރިމަތި ލެވޭނީ އިންޑިއާ ދުޅަހެޔޮކޮށް އޮވެގެން ކަމަށެވެ.

އިންޑިއާއިން ކޮވިޑް ޖެހިފައިވާ މީހުންގއ އަދަދު 2.5 މިލިއނަށް ވުރެން މަތި ވެއްޖެއެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ތިން ލައްކައާ ގާތް ކުރެއެވެ.