އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އިސްތިއުފާއަށް އެދި ހިފާފައިވާ ގުދުސްގައި ޔަހޫދީން ގޮވާލައިފިއެވެ. ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ އޮފީހުން ބުނާ ގޮތުގައި އަރަބިން އިޒްރޭލާ ގުޅުން ބަދަހި ކުރުމުން ފަލަސްތީނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރި މީހުން އޭނާގެ އިސްތިއުފާއަށް ގޮވާލަމުން ބުނެފައި ވަނީ، އޭނާ އިޒްރޭލު މީހުން ގުރުބާން ކުރަނީ އޭނާގެ އަމިއްލަ ސިޔާސީ ބޭނުމަށް ކަމަށެވެ.

މުޒާހަރާ ކޮށްފައި ވަނީ ހިފާފައިވާ ގުދުސްގައި ނަތަންޔާހޫ ދިރިއުޅޭ ގެއާ ކައިރީގައި ބެލްފޯރ ސްޓްރީޓްގައެވެ. މި މަގަށް ނަންދީފައި ވަނީ ޔަހޫދީންނަށް ފަލަސްތީން ހިބަ ކޮށްދިނުމަށް، ވައުދުވި، ލިޔުން އެކުލަވާލި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އަރތަރ ބެލްފޯރގެ ނަމުންނެވެ. މުސްލިމުން ބެލްފޯރގެ ނަން ކިޔޭ ހިނދު އޭނާ ހަނދާން ކުރަނީ "މަލްޢޫން ބެލްފޯރ" ގެ ނަމުންނެވެ.

މުޒާހަރާ ކުރި މީހުން ބުނިގޮތުގައި މިއީ، އިޒްރޭލުގައި ހަތަރު އިންތިޚާބް ބާއްވައި ސަރުކާރު އެކުލަވާ ނުލެވިގެން އައު ސަރުކާރެއް އެކުލަވާލުމަށް ހަވާލު ކުރެވުނު ނަފްތާލީ ބެނެޓްއާއި ޔާއީރް ލެބިޑްގެ މަސައްކަތަށް ހުރަސްއެޅުމަށް ނަތަންޔާހޫ ފެށްޓި ހަނގުރާމައެއް ކަމަށެވެ.

ޔޫރަޕްގެ ޖަމާއަތުގެ ޚާރިޖީ ގުޅުމާ ބެހޭ ކޮމިޝަނަރ ޖޯސެފް ބޮރެލް ވިދާޅުވިގޮތުގައި އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކެވި ވިޔަފާރި ދަޅައަށް ބައެއް އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުން ގާއިމް ކުރުމުގެ ސަބަބުން ފަލަސްތީން މައްސަލައަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އަރަބިން އިޒްރޭލާ ގާތްވުމުން އިޒްރޭލުގެ ބައެއް މީހުން ބަލާފައިވަނީ އެހާހިސާބުން ފަލަސްތީނުގެ މައްސަލަ ނިމުމަކަށް އައިސް ވަޅުޖެހުނީ ކަމަށެވެ.

ޔަހޫދީއަކު ޓުއީޓްކޮށްފައި ބުނީ ޔަހޫދީއަކު ބުނާ ވާހަކައެއް ނިކަން އަހާލާށެވެ! އަރަބި ރައްޔިތުންނަކީ ގަދަ ބައެކެވެ. އެކަމު އެމީހުންގެ ވެރިންނަކީ ބަލި ބައެކެވެ. އެމީހުން އިޚުތިޔާރު ކުރީކީ އަރަބިންނެއް ނޫނެވެ. އަރަބިން ނިކަމެތި ކުރުމަށް ހުޅަނގުގެ ގައުމުތަކުންނެވެ. ކުވެއިތުން ޣައްޒާގައި ހަތް ހަރޮށި ބިނާ އަޅަން ފައިސާ ހޭދަކުރަން ނިންމައިފިއެވެ. އިޒްރޭލުގެ އަޔަން ޑޯމްއަށް އެއްހާސް ރޮކެޓް ދޭން ޔޫއޭއީން ނިންމައިފިއެވެ.
ޓުއިޓާ

އދ. އާއި އެހެން ބައެއް މަޖިލިސްތަކުގައި ފަލަސްތީނަށް އިޒްރޭލުން ދިން އުދުވާނާ މެދު ބަހުސް ކުރި އިރު އިޒްރޭލާ މިފަހަކަށް އައިސް ޓްރަމްޕްގެ ދަޅައަށް ގުޅުން ބަދަހި ކުރި ގައުމުތަކުން ޗުޕްއޭ ވެސް ބުނެފައެއް ނުވެއެވެ. ގަލްފްގެ ގައުމުތަކުގެ ތެރޭން ސައޫދީއާއި ކުވެއިތާއި ޤަތަރުގެ މަސައްކަތް ފާހަގަ ކުރެވެއެވެ. މިއާ ޚިލާފަށް ކުރިން ފަގީރު ހާލަތުގައި އެހެން އަރަބިން އަތުން އެހީ ހޯދައިގެން އުޅުނު މިހާރުގެ މުއްސަނދި ގައުމުތަކުގެ ހިލަމެއް ނުވިއެވެ.