ސްރީލަންކާގެ އެޓާނީ ޖެނެރަކްގެ އޮފީހަށް ޗައިނާއިން ބަހައްޓައިދިން ސްމާރޓް ލައިބްރަރީގެ ނިޒާމެއްގެ ފެށުން އިޙުތިފާލް ކުރި މުނާސަބާގައި ލިޔެފައި ހުރި ލިޔުންތައް ހުރީ ސިންގަޅަ ބަހުންނާއި އިނގިރޭސި ބަހުންނާއި ޗައިނާ ބަހުންނެވެ.
މިކަމާ ގުޅިގެން ސްރީލަންކާ މީހުން ހައިރާންކަމާއެކު ސަރުކާރާ ސުއާލު ކުރީ، މިހާރު ޗައިނާ ބަސްވެސް ސްރީލަންކާގައި ރަސްމީ ބަހަކަށްވީ ހެއްޔެވެ؟
އެޓާނީ ގެނެރަލްގެ އޮފީހުގައި ބެހެއްޓި ބޯޓް ކަރިއީގައި ޗައިނާ އެމްބެސެޑަރާއި ސްރީލަންކާ ބަންޑާރަ ނާއިބް ޑައްޕޫލާ ޑެ ލިވޭރާގެ ފޮޓޯތައް މީސްމީޑިއާގއި ޖަހާފައި ވެއެވެ.
މީޑިއާއިން ސުއާލު ކުރުމުން އޭޖީ އޮފީހުން މިކަމާ މެދު އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ.
އިދިކޮޅު، ޓެމިލް ޕްރޮގްރެސިވް އެލައެންސްގެ ލީޑަރު މާނީ ގަނޭސަން ޓުއީޓެއްގައި ވިދާޅުވީ ސްރީލަންކާގެ ބަހުގެ ގާނޫނާވެސް ޗައިނާއިން ޚީލާފްވެފައިވާ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާ މީހަކީ ކާކުތޯ އޭނާ ވަނީ އަސަވާފައެވެ.
"ޗައިނާއަކީ އަހަރަމެންގެ ދުޝްމަނެއްކަމުގައި އަހަރަމެން ނުދެކެމެވެ. އަހަރަމެންވެސް ޗައިނާއަށް އިހުތިރާމް ކުރަމެވެ، އަދި ޗައިނާއިންވެސް އަހަރަމެންނަށް އިހުތިރާމް ކުރަން ވާނެއެވެ."ގަނޭސަން ވިދާޅުވިއެވެ. ބެލެވުނު ގޮތުގައި މި ބޯޑް ތައްޔާރުކޮށް ބެހެއްޓީ ޗައިނާ އެމްބަސީންނެވެ. ނަމަވެސް ސްރީލަންކާ ސަރުކާރުން މި ގާނޫނާ ޚިލާފް އަމަލަށް ސަމާލުކަމެއް ދިފައެއް ނުވެއެވެ. ގަނެސަން ވިދާޅުވިގޮތުގައި ފަސް ވަނަ ގަރުނުގައި ތަމަޅައިން ޗައިނާއަށް ގޮސް އަކުރުތައް ލިޔާ ގޮތާއި، ފަންނުވެރިކަން ޗައިނާއަށް ދަސްކޮށްދިން ކަމީ ތަރީޚި ހަގީގަތެކެވެ.
މި މައްސަލަ ހިނދިގެން ދިޔައީ، ސްރީލަންކާގެ ހެރިޓޭޖް މިނިސްޓަރ މިކަން ޔަހްރގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއެއްވުމުންނެވެ.
ސްރީލަންކާގައި ތަމަޅައަކީވެސް ރަސްމީ ބަހެކެވެ.
ޗައިނާ އެމްބަސީއާ މިކަމާ ސުއާލު ކުރުމުން ބުނެފައި ވަނީ އެއީ އޭޖީ އޮފީހުގެ އެތެރޭގެ ބޭނުމަށް ހަދައިދީފައިވާ އީލައިބްރަރީއެއް ކަމަށާއި ޗައިނާ ބަސް އެތަނުން ފެންނާން ހުރުމުން ފަޚުރުވެރިވާ ކަމަށެވެ. ތަމަޅަ ބަހަށް ޗައިނާ އެމްބަސީން ގޮޖްނެހީކަމަށް ބަލައި މީހުން ވަނީ އެމްބަސީއަށްވެސް މަލާމާތް ކޮށްފައެވެ.
ގާނޫނީ ވަކީލުން ބުނެފައިވާ ގޮތުގައި އެންމެ ބޮޑަށް ހައިރާންވާ ކަމަކީ، ގަނޫނުގެ ކަންކަން ބަލަހައްޓާ އިދާރާއިން ގާނޫނާ ޚިލާފްވެ ބައިބައިވުން އުފެދޭގޮތަށްކަންތައްތައް ކުރުމުންނެވެ. އިންސާނީ ހައްގަށް މަސައްކަޔތް ކުރާ ފަރާތްތަކުންވެސް ވަނީ މިކަން ކުށްވެރިކޮށް މިކަމަށް ފާޑު ކިޔާފައެވެ.
ސްރީލަންކާގައި މިފަހަކަށް އައިސް ޗައިނާ ބަހުން ލިޔެފައި ހުންނަ ނަން ބޯޑްތަކާއި އިރުޝާދުދޭ ބޯޑް އިތުރުވެފައިވާ ކަން ޕާލަމެންޓްގައި ފާހަގަ ކޮށްފައި ވެއެވެ.
ބަޓިކައްލޯ ތަމްސީލް ކުރާ ޓެމިލް ނޭޝަނަލް އެލައެންސްގެ މެމްބަރު ޕާލަމެންޓްގައި ބުނެފައި ވަނީ ކޮލޮމްބޯ ޕޯޓް ސިޓީގައި ބަހައްޓާފައިވާ ބައެއް ބޯޑްތަކުގައިވެސް ހުންނަނީ ސިންގަޅަ އާއި މެންޑެރިން ބަހާއި އިނގިރޭސި ބަހުންނެވެ. ތަމަޅަ ބަސް ހުންނަނީ އެބޯޑްތަކުގައިވެސް އުނިކޮށްފައެވެ.
މިމައްސަލަ އާންމުންގެ މެދުގައި ބަހުސަކަށް ވުމާއެކު ޗައިނާ އެމްބަސީން ބުނެފައިވަނީ މިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ރަސްމީ ބަހާ ބެހޭ ގާނޫނަށް ޗައިނާއިން އިހުތިރާމް ކުރާ ކަމަށެވެ. އަދި މިކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިކަމަށް ފާޑުކިޔާފައިވާ ސިޔާސީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސްރީލަންކާގައި ނަން ބޯޑްތައް ހުންނަންވާ ގޮތްވެސް މިހާރު ނިންމަނީ ޗައިނާއިން ކަމަށެވެ.