އިޒްރޭލްގެ ބޮޑު ވަޒިރު ބެންޔަމީން ނަތަންޔާހޫ ވަނީ އެގައުމުގެ ޖާސޫސީ އިދާރާ މޯސާޑްގެ ވެރިއަކަށް، ޑެވިޑް (ޑޭވީ) ބްރިނިޔާ ހަމަޖައްސާފައެވެ. އަރަބި ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކާ ޑޭވީ އިފަންވީ ފަލަސްތީންގެ ޢަސްޤަލާން ގައެވެ.

އޭނާގެ ބައްޕަ އަކީ، ޖަރުމަން ވިލާތުން ފިލައިގެން އައި އުމުރުން ތިން އަހަރުގެ ރެފިއުޖީ އެކެވެ. ފަހުން ފުރާވަރުގެ އުމުރުގައި ޔަހޫދީ ޓެރަރިސްޓެއްގެ ގޮތުގައި އޭނާ ފަލަސްތީނު މީހުން މެރުމުގައި، ބަލަމްބާޚް ޓެރަރިސްޓް ގްރޫޕްގައި އުޅުނެވެ. ފަހުން އިޒްރޭލް އުފެދުމުން ސިފައިންގެ ތެރޭގެ ބައެއްގެ ގޮތުގައި މި ޓެރަރިސްޓް ޖަމާއަތް ހިމެނީއެވެ.

ޑޭޥީގެ ބައްޕަގެ އެންމެ ފާހަގަ ކުރެވޭ ޓެރަރިސްޓް އަމަލަކީ، ފަލަސްތީނުގެ އަވަށެއްކަމަށްވާ ނަބީ ޔޫޝައު ނަމަކަށް ކިޔާ އަވަށަށް ހަމަލަދީ 1948 ގައި ގިނަ ބަޔަކު މަރާލައި އެތަނުން ފަލަސްތީން މީހުން ބޭރުކުރުމުގެ ކާމިޔާބު އޮޕަރޭޝަނެވެ. އަދި ފަލަސްތީންގެ ސަފަދް އަވަށް ހިފުމުގައިވެސް އޭނާ ބައިވެރިވިއެވެ.

ފަހުން އޭނާ ސިފައިންގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ރިޓަޔަރވެގެން ކަރަންޓް ކުންފުނީގެ ވެރިޔާގެ ވަޒީފާ އަދާކުރިއެވެ.

ޑޭވީގެ މަންމަ ނައީމީ އަކީވެސް ޖަރުމަނުން ރެފިއުޖީންނާއެކު ފުރައިގެން އައި އާގުބޯޓެއްގައި އުފަންވި މީހެކެވެ. ފަހުން އޭނާ މަސައްކަތް ކުރީ ޓެރަރިސްތް ހައްގާނާ ގްރޫޕްގައި ޓެރަރިސްޓެއްގެ ގޮތުގައެވެ. އޭނާގެ އެންމެ ކާމިޔާބު އޮޕަރޭޝަނަކީ ފަލަސްތީންގެ ހައިފާއަށް ދިން ބޮމުގެ ހަމަލާތަކެވެ. އަދި ހައިފާ ބަނދަރުގައި އޮތް ބޯޓެއް ގޮއްވާލުމެވެ. ފަހުން ނާއިމީ އަކީ ޓީޗަރެކެވެ. އެއަށްފަހުން ޕްރިންސިޕަލެކެވެ.

ޑޭވީ އަކީ މިލިޓަރީ އެކަޑަމީގައި ކިޔަވައި ސިފައިންގެ ތެރޭގައި ޚިދުމަތްކޮށް، ސްޕެޝަލް ފޯސްގައި އުޅުނު މީހެކެވެ. ނިއުޔޯރކްގައި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައްލީމް ހާސިލުކޮށް ފަހުން އިޒްރޭލްގެ ބެންކެއްގައި އޭނާ މަސައްކަތް ކުރިއެވެ.

އިޒްރޭލްގެ ޖާސޫސީ އިދާރާ މޯސާޑާ ގުޅިގެން އޭނާ ކުރި މަސައްކަތް ތަކުގެ ތެރޭގައި އީރާންގެ ނިއުކްލިއަރ މަޢްލޫމާތު ފުރިހަމައަށް ވަގަށް ނެގުން ހިމެނެއެވެ.

ޑޭވީ ދަރިވަރު ވެފައި ވަނީ މޯސާޑްގައި އޭނާގެ ކުރިން ވެރިއަކަށް ހުރި ޔޫސީ ކޯހެން ގެ ފުށުންނެވެ.

އަރަބި ބަހުގެ އިތުރުން އިބްރީއާއި އިނގިރޭސިއާއި އެހެން އިތުރު ބަސްތަކެއް އޭނާ ދަންނަކަމަށް ވެއެވެ.