ޔޫކޭ އިންސްޓަގްރާމް މޮޑެލް އަދި ބެލެރީނާ، ކެމެރޮން ވެލެންޓީނާ އަޔަރ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު އޭނާގެ އިންސްޓަގްރާމުން ފޮލޯވަރުންނަށް ހާމަކޮށްފިއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރ. އަތޮޅުގެ، ހެރިޓެންސް އާރަށުގައެވެ.

https://www.instagram.com/p/CGNj2-jgku9/

އިންސްޓަގްރާމް މޮޑެލް ޑެމީ ރޯޒްވެސް ރާއްޖޭގައި ސިނަމަން ވެލިފުށި ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ގެންދެއެވެ. އޭނާގެ 14 މިލިއަން ފޮލޯވަރުންނަށް ހިތް ގައިމު މަންޒަރުތަކެއް އޭނާ ޝެއަރކޮށްދީފައި ވެއެވެ.

https://www.instagram.com/p/CGIbh5ynBZy/

މި މޮޑެލުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ، ޕްރޮޖެކްޓްފޯމޯ އިން ހިންގާ ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނަށެވެ. މި މާރކެޓިންގ ކެމްޕެއިންގެ މަގްސަދަކީ، 500 މިލިއަންއާއި އެއް ބިލިއަން މީހުންނާ ހަމައަށް ރާއްޖޭގެ ރީތިކަން ގެންދީ އިޝްތިހާރު ކުރުމެވެ.