އިންޑިއާއިން މަތިންދާބޯޓް ދުއްވާ ކުންފުނިތަކާއި ހަސްފަތާލުތަކަށް ޚާއްސަ ލޯންތަކެއް ދޭން ފަށައިފިއެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިއާގެ ދަތުރުފަތުރުގެ ދާއިރާއަށާއި ސިއްޙީ ދާއިރާއަށް ބޮޑު ބަނަކަމެއް ކުރިމަތިވެފައި ވެއެވެ.
މީގެ ކުރިން މިފަދަ ލޯންތަކެއް އެހެން ދާއިރާތަކަށްވެސް ދެވުނެވެ. މަތިންދާބޯތް ދުއްވާ ކުންފުނިތަކާއި ސިއްޙީ ދާއިރާއަށް ދޭ ލޯންތައް ސެޕްޓެމްބަރު 30އާ ހަމައަށް ދެމުންދާނެއެވެ. މީގައި ޖުމުލަ ތިން ޓްރީލިއަން ރުޕީސް ދިނުމަށް ހަމަޖެހިފައި ވެއެވެ.
އިންޑިއާއިން މަސައްކަތް ކުރަމުން ދަނީ އެކި ދާއިރާތަކުގައި ފައިނޭންސް ރަނގަޅުކޮށް ހުއްޓުމަނަކަށް ނައައިސް އިންޑިއާގެ އިގްތިސާދުގެ ދުވެލި ބެހެއްޓޭތޯއެވެ.
މިދިޔަ އަހަރުގެ ފުރަބަންދާއެކު އިގްތިސާދު އަދވެސް ހިންދެމި ނުލެވޭކަމަށް ބުނެއެވެ.
އިންޑިއާގެ ކޮވިދް19ގެ ދެވަނަ ރާޅުގައި ދޮޅު ލައްކައަށްވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.
މީގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއާއި ސިއްޙީ ދާއިރާއަށް ބޮޑެތި ނުކުސާންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.
ކްލިނިކްތަކާ ހޮސްޕިޓާތަކަށް ދޭ ލޯންތަކުން އޮކްސިޖަން އުފައްދާ އަމިއްލަ ޕްލާންޓްތައް އެތަންތާގައި ގާއިމް ކުރުމަކީ ލޯން ނަގާފަރާތުން ކުރަން މަޖުބޫރު ކަމެކެވެ.
މިލޯންތައް ދެނީ 7.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ. އަދި އިތުރަށް ބޭނުންވާ ފަރާތްތަކަށް އިތުރު ލޯން ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ. މީގެ ކުރިން މި ތަންތަނުން ނަގާފައިވާ ލޯންތައް ފަސްކޮށްދިނުމަށް ވެސް ނިންމާފައި ވެއެވެ.