އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރ ނަފްޓާލީ ބެނެޓް ޕާކިސްތާންގެ ހަސްފަތާލެއް މަންޒަރު ދައްކައި އެއީ ހަމާސްގެ ހެޑްކުއާޓާޒް ކަމަށް ބުނެފިއެވެ.

ބެނެޓްގެ ޔޫޓިއުބް ޗެނަލްގައި އޭނާ ރިކޯޑް ކޮށްފައިވާ ވީޑިއޯއެއްގައި ދައްކަނީ ކަރާޗީގެ ހަސްފަތާލެއްގެ މަންޒަރެކެވެ. އަދި ބެނެޓް ބުނަނީ މިއީ ހަމާސްގެ ހމައި މަރުކަޒު ކަމަށާއި މިއީ ޣައްޒާގެ އެންމެ ބޮޑު ހަސްފަތާލްވެސް ކަމަށެވެ.

ނަފްޓާލީ ބެނެޓްއަކީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމަށް ވޮރަންޓް ނެރުމަށް ތައްޔާރު ވަމުންދާ އިޒްރޭލްގެ ދިހަ މީހުންނގެ ތެރޭން އެކަކެވެ.

އިޒްރޭލުން ޣައްޒާއަށް ބޮން އަޅަމުން ދިއުމާ ގުޅިގެން ޕާކިސްތާނުން ކުރި މަސައްކަތާ މެދު ނުރުހިފައިވާ އިޒްރޭލުން ގަސްތުގައި ޕާކިސްތާނާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރަނީކަމަށް ޕާކިސްތާނުން ބުނެއެވެ.