ސްރީލަންކާގެ ބޭރު ބަނދަރުގައި އަނދަމުންވާ އެމްވީ އެކްސްޕްރެސް ޕަރލް މިހާރު ފެތެން ފަށައިފިއެވެ.
ލަންކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ބޯޓް ފެތުމުގެ ސަބަބުން ތެޔޮ ލީކު ވުމުރުސަތު ބޮޑެވެ.
ބޯޓު ފެތެން ފަށާފައިވަނީ ސްރީލަންކާގެ ރައީސް ގެ އަމުރުފުޅަކަށް މި ބޯޓް ލަންކާ ސަރަހައްދާ ދުރަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.
ނިގަމްބޯއާއި ޕާނަދުރާއާއި ދޭތެރޭ ކަނޑުގެ ސަރަހައްދު ތަޣައްޔަރު ވެފައި އޮތުމުގެ ސަބަބުން ސަރުކާރުން ވަނީ މިހިސާބުގައި މަސްވެރިކަން ކުރުން މަނާ ކޮށްފައެވެ.
ސްރީލަންކާއިން ވަނީ ބޯޓްގެ ވެރިފަރާތް ސިންގަޕޯރ ކުންފުންޏާ ދެކޮޅަށް ޖިނާއީ ދައުވާ ކުރަން ތައްޔާރު ކޮށްފައެވެ. މިހާރު ބޯޓްގެ ފަޅުވެރިންނާއެކު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ބޯޓަކީ އިންޑިއާގެ ބަނދަރަކުން ނައިޓްރިކް އެސިޑް އާއި ޕްލާސްޓިކްގެ ރޯމެޓީރިއަލް ހިފައިގެން ސިންގަޕޯރއަށް ދަތުރުކުރި ބޯޓެކެވެ.
ބޯޓްގައި އަލިފާން ރޯވާން ފެށުމުން ފަޅުވެރިން ވަނީ އެކަން ސްރީލަންކާ ގެ ފަރާތްތަކަށް ސިއްރު ކޮށްފައެވެ.