ޗައިނާގެ ސައިނޯފާމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ވަނީ ކުއްލި ހާލަތުގައި ކޮވިޑް19އަށް ބޭނުން ކުރާ ވެކްސިނެއްގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަ ދީފައެވެ. ބަހުރައިން އަކީ ޗައިނާ ވެކްސިން އެންމެ ފުރަތަމައަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަން ފެށި އެއް ގައުމެވެ. މިހާރު ބަހުރައިން އަކީ މި ވެކްސިންއާ މެދު ޝައްކުގެ ނަޒަރަކުން ބަލާ ގައުމުވެސް މެއެވެ.

މަނާމާއިން ބުނާ ގޮތުން ކުރިން ޗައިނާ ވެކްސިންގެ ދެ ޑޯޒް ދީފައިވާ ހައިރިސްކު މީހުންނަށް އަލުން ފައިޒައާއި ބައޯއެންޓެކްގެ ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ޗައިނާއިން ދަނީ ކާމިޔާބު ކަމާއެކު މި ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދެމުންނެވެ. ޗައިނާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް މި އަހަރު ނިމޭހާތާނގައި ވެކްސިން ދީ ނިމޭނެކަމަށް ބެއިޖިންގ އިން ލަފާ ކުރެއެވެ.

ބަހްރައިންގައި ސައިނޯފާމް ވެކްސިން ބޭނުންކޮށްގެން ހިންގި ވެކްސިން ދިނުމުގެ ޕޮރޮގްރާމުން ލިބިފައި ވަނީ މައްސުނި ނަތީޖާއެކެވެ. ބަހުރައިންއިން ޗައިނާ ވެކްސިން ދޭން ފެށިއިރު އޭގެ ބާރުގަދަ ކަމާމެދު ގިނަ ދިރާތާކެއް ކުރިވި، އަޖުމަ ބެލިފައެއް ނުވެއެވެ.

ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓެއް ބުނާ ގޮތުން ބަހުރައިންގެ 50 އިންސައްތައަށް ވަނީ ޗައިނާ ވެކްސިން ދީފައެވެ. ނަމަވެސް އެގައުމުގައި ވައިރަސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ވޮޝިންޓަން ޕޯސްޓުން ޗައިނާގެ ކޮމެންޓެއް ހޯދަން މަސައްކަޔްތް ކުރުމުން ނާކާމިޔާބުވި ކަމަށް ބުންޏެވެ.

ބަހުރައިން ނިއުސްއެޖެންސީން ބުނިގޮތުގައި ބުރާސްފަތިދުވަހުވެސް 1932 ކޭސް ކޮވިޑް19 އެގައުމުން ރިޕޯޓް ކޮށްފައި ވެއެވެ.

އައުކަންތައްތައް އަޖުމަ ބަލައި އަވަސްއަވަހަށް ޚަބަރުގެ ސުރުޚީއަށް އަރަން ބޭނުންވާ ޔޫއޭއީގައިވެސް ފުޅާދާއިރާއެއްގައި ޗައިނާ ވެކްސިން ދީފައި ވެއެވެ. އެގައުމުންވެސް ފެންނަނީ މައްސުނި ނަތީޖާއެކެވެ. ހުސްވި، މޭ މަހުގެ މެދުތެރޭގައި ޔޫއޭއީއިން ބުނެފައި ވަނީ ޗައިނާ ވެކްސިންގެ ތިންވަނަ ޑޯޒެއްވެސް ދޭނެ ކަމަށެވެ.