ޕާކިސްތާންގައި ދެ ރޭލެއް އަރިއަޅާލުމުގެ ސަބަބުން ތިރީސް މީހުންގެ ފުރާނަ ގެއްލިއްޖެއެވެ. ދެކުނު ޕާކިސްތާންގައި މި ހާދިސާ ހިނގާފައި ވަނީ ފަސިންޖަރުން އުފުލައިގެން ދަތުރުކުރި ދެ ރޭލް ދެ ދަނގަނޑުގައި ދަތުރުކުރަނިކޮށް އެކަތި އަރިއަޅާލުމުންނެވ
ބޮޑު ވަޒީރު އިމްރާން ޚާން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށާއި ފުރާނަ ގެއްލު މީހުންގެ އާއިލާތަކަށް ސަރުކާރުން ވަގުތުން އެހީ ވުމަށާއި، ސިއްޙީ ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް ފަރުވާ އަވަސް ކޮށްދިނުމަށް ގޮވާލައްވާފައެވެ.
ދެކުނު ސިންދު ޕްރޮވިންސްގައި ގޯޓްކީގައި މިހާދިސާގައި ޖެހިފައި ވަނީ ދެ އެކްސް ޕްރެސް ރެއިލްއެވެ.
މިއްލަތު އެކްސްޕްރެސްއާއި ސަރ ސައްޔިދު އެކްސްޕްރެސްގެ ދަށުގައި އަދިވެސް ގިނަބަޔަކު ތިބި ކަމަށް ވެއެވެ. ރޭލްވޭ އާއި ފުލުހުން ގުޅިގެން މިމީހުން ސަލާމަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕާކިސްތާންގެ ޒަމާންވީ ރެއިލްވޭ ތަރައްގީ ކުރުމަށް ޗައިނާއާއެކު ޚާއްސަ ޕްރޮޖެކްޓެއްގައި ޕާކިސްތާނުން ދަނީ މަސައްކަތް ކުރަމުންނެވެ.